ހއ. ވަށަފަރުގައި ސަރުކާރުން ތަރައްޤީކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ވަށަފަރުގައި ތަރައްޤީކުރާ މި ސެންޓަރުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ.
މި ސެންޓަރުގައި ކަސްރަތުކުރުމަށް ބޭނުންވާ ޒަމާނީ އާލާތްތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑޯ ކުޅިވަރުތަކާއި އިޖުތިމާޢީ އެކި ޙަރަކާތްތައް ހިންގޭނެ އިންތިޒާމުތައްވެސް ހުންނާނެއެވެ.
މި މަޝްރޫޢު ނިމުމުން ވަށަފަރުގެ ޒުވާނުންނާއި ރަށުގެ އެކި އުމުރުފުރައިގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތުކުރުމުގެ ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.












