Sunday, 22 November 2026
Ads by

ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު

ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 939 މަޝްރޫޢުގެ ތެރެއިން 213 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިމި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ވުޒާރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުރު ފެށުނުއިރު 879 މަޝްރޫޢު ޙަވާލުކުރެވިފައި އޮތް ނަމަވެސް، މިހާރު 939 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ ތެރެއިން ނިމިފައިވާ 213 ތަނުގެ ބޭނުން ރައްޔިތުން މިހާރު ހިފަމުންދާއިރު، އިތުރު 400 އަށްވުރެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކި މަރުޙަލާތަކުގައި ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާތަނަށް މުޅި ޖުމްލަ މަޝްރޫޢުތަކުގެ 53 ނުވަތަ 54 އިންސައްތަ މަސައްކަތް ފެށިގެން ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ނިންމުމުގެ އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް ގިނަ މަޝްރޫޢުތަކެއް ނިމެމުންދާތީ، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް ގެނެވުނު އިންޤިލާބީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިގު މުއްދަތުގެ ކުޅިވަރު ތަރައްޤީގެ ޕްލޭނެއްގެ އޮނިގަނޑު އެކުލަވާލައި، އެކަންކަން ތަންފީޒުކުރުމަށް ކުޅިވަރުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވާ ކަމަށެވެ. އަދި މި ޤާނޫނުގެ ދަށުން އެންޓި-ޑޯޕިންގ އޭޖެންސީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ވަކިކުރުމާއި، ލާމަރުކަޒީ އުޞޫލުން ކުޅިވަރު ފެތުރުމުގެ އިތުރުން، މޮޅެތި އެތުލީޓުން އުފެއްދުމަށްޓަކައި ޚާއްޞަ ނެޝަނަލް ސްޕޯޓްސް ފަންޑެއް އުފެއްދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޤައުމީ އެތުލީޓުންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށް، ދެ ޖިންސުގެ އެތުލީޓުންނަށް ހަމަހަމަ ގޮތެއްގައި އިންޝުއަރެންސް ހަމަޖައްސައިދިނުމަކީ ކުޅިވަރުގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް އެތުލީޓަކު ކޮލިފައިވުމާއި، އޭޝިއަން ގޭމްސްއަށް ހަތަރު އެތުލީޓުން ކޮލިފައިވެ ވާދަކުރުމަކީ ވުޒާރާއިން ފަޚުރުވެރިވާ ބޮޑެތި ކާމިޔާބީތަކެއް ކަމަށް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ، ޒުވާނުންނަށް ޚާއްޞަ ޔޫތު ހަބެއް ޤާއިމުކުރެވި އެތަނުގެ ހަރަކާތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. ހަމައެއާއެކު، ސިޓީތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޔޫތު ހަބުތަކުގެ ތެރެއިން ތިން ތަނެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި