Sunday, 22 November 2026
Ads by

ދައުލަތުގެ ތިން ބާރުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސްޖަހައިފި

ދައުލަތުގެ ތިން ބާރުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސްޖަހައިފި

ދައުލަތުގެ ތިން ބާރުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ޒިހާން ---

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ނުވަތަ ތަހުގީގު މަރުހަލާގައި ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad Image
Ads by

ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނަންޓްކަން ވެސް ކުރައްވާފައިވާ ޒިހާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޏ. ފުވައްމުލަކުގައި ހުއްޓައެވެ.

އޭނާ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި އެ ތަންތަނުގައި ރޯކޮށްލައިފި ނަމަ މަޖާވާނެ ކަމަށް ބުނެ އެފަދަ ނުރައްކާތެރި އަމަލެއް ހިންގުމަށް އޭނާ ހިތްވަރު ދީފައިވާއިރު، ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާއިން ޑިލީޓްކޮށްލާފައެވެ.

މި މައްސަލައިގައި ޒިހާން ބަންދުގައި ހުންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ހައްޔަރުކޮށްގެން އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

އެ ފަނަރަ ދުވަހުގެ މުއްދަތު ހަމަވުމުން މި މަހުގެ ފަސް ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 14 ދުވަސް ދީފައެވެ.

މި މައްސަލައިގެ ތަހުގީގު އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި