Sunday, 22 November 2026
Ads by

ބެޑްމިންޓަނުން ހޯދި ރަން ވަނަތަކާއެކު، ޤައުމީ އިނާމު ހާސިލުކުރި ލައިބާއަށް ސްޕޯޓްސް މިނިސްޓްރީގެ މަރުޙަބާ

ބެޑްމިންޓަނުން ހޯދި ރަން ވަނަތަކާއެކު، ޤައުމީ އިނާމު ހާސިލުކުރި ލައިބާއަށް ސްޕޯޓްސް މިނިސްޓްރީގެ މަރުޙަބާ

ބެޑްމިންޓަން ކުޅިވަރުން ރާއްޖެއަށް ރީތި ނަން ހޯދައިދީ، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރުމާ ގުޅިގެން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހާސިލުކުރި ލައިބާ އަޙްމަދު މަޚްލޫފަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަރުޙަބާ ކިޔައިފިއެވެ.

Ad Image
Ads by

ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބެޑްމިންޓަނުގެ ދާއިރާއިން ލައިބާ ހޯދަމުންދާ ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޚާއްޞަ ޚިދުމަތުގެ ޤައުމީ އިނާމު އޭނާއަށް ލިބުމަކީ މުޅި ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ކާމިޔާބީއަށްޓަކައި ލައިބާއަށް އެ މިނިސްޓްރީގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ލައިބާއަށް މި ޝަރަފުވެރި އިނާމު އެރުވީ، ބައިނަލްއަޤްވާމީ މައިދާނުގައި އޭނާ ހޯދި ތާރީޚީ ކާމިޔާބީތަކާ ގުޅިގެންނެވެ. އެގޮތުން، ’އާމީނިއަން ޔޫތު އޯޕަން 2025‘ ގައި ވާދަކޮށް، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައި، ލައިބާ ވަނީ މުޅި މުބާރާތުގެ މި ތިން ކެޓަގަރީންވެސް ޗެމްޕިއަންކަން ހޯދުމުގެ ޝަރަފު ހާސިލުކޮށްފައެވެ.

ޅަފަތުގައި ބެޑްމިންޓަނުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ރީތި ނަންތަކެއް ހޯދައިދެމުން އަންނަ ލައިބާ ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި