Saturday, 21 November 2026
Ads by

ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި

ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި

ތ.ތިމަރަފުށި ---

ރާއްޖޭގެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ ތ. އަތޮޅާއި ލ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި، ސިޓީ ހޮޓަލާއި ޓޫރިސްޓް ހޮޓާ ތަރައްގީކުރަން ޖުމްލަ ހަތަރު ބިމެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.

Ad Image
Ads by

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މި ފަހަރު ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށިން އެއް ބިމާއި، ލ. ފޮނަދޫން ތިން ބިމެވެ.

ތިމަރަފުށިން ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ދޫކުރަނީ 26,480.67 އަކަމީޓަރުގެ ބިމެއް ކަމަށްވާއިރު، މި ބިން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ނެގުމުގެ ފުރުސަތު ރާއްޖޭގެ އިންވެސްޓަރުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

ތިމަރަފުށީ ބިމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއްގައި 25,000 ޑޮލަރު ބަހައްޓަން ޖެހޭއިރު، ލީސް އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހެނީ 100,000 ޑޮލަރެވެ.

މި މަޝްރޫއު ކާމިޔާބުކުރާ ފަރާތަކުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބިމުގައި ހޮޓާ ތަރައްގީކޮށް އާންމުންނަށް ހިދުމަތް ދޭން ފަށަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ލ. ފޮނަދޫގައި ޓޫރިސްޓް ހޮޓާތައް އެޅުމަށް ދޫކުރާ ތިން ބިމުގެ ތެރޭގައި ހިމެނެނީ 32,129 އަކަފޫޓުގެ ބިމަކާއި، 33,801 އަކަފޫޓުގެ ބިމެއްގެ އިތުރުން 26,736 އަކަފޫޓުގެ ބިމެކެވެ.

މި ދެ ރަށުގެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ބިޑް ޑޮކިއުމެންޓް ދޫކުރާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

މި ބިޑްތަކާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ފުރަތަމަ ޕްރީބިޑް މީޓިން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި މަޝްރޫއުތަކަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި