Saturday, 21 November 2026
Ads by

ހޫޘީންގެ ހަމަލާއެއް ރިޔާޟުގެ ޓަވަރަކަށް އަރައިފި

ހޫޘީންގެ ހަމަލާއެއް ރިޔާޟުގެ ޓަވަރަކަށް އަރައިފި

ސައޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭ.އޭ.އެފް.ޑީ) ފޮޓޯ| ޙަމަދު އައި މުޙައްމަދު/ރޮއިޓާސް

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާއެއް ސައޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މާލީ މަރުކަޒުގައި ހުންނަ އުސް އިމާރާތަކަށް (ޓަވަރަކަށް) އަރައި ގެއްލުންތަކެއް ވެއްޖެއެވެ.

Ad Image
Ads by

ސައޫދީގެ ސިވިލް ޑިފެންސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަރާފައިވަނީ ރިޔާޟުގެ ފައިނޭންޝަލް ސެންޓަރުގައި ހުރި ޓަވަރަކަށެވެ. މި ހާދިސާގައި އިމާރާތަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މިއީ މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާ މިދަނޑިވަޅުގައި ސައޫދީގެ މައި ސަރަޙައްދަކަށް އަމާޒުވި ނުރައްކާތެރި ހަމަލާއެކެވެ.

މި ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އަވަސް އަރުވާލައިގެން އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށެވެ. ”އަންނަ އަހަރު ފެށުމުން ވާގޮތެއް އަހަރެމެން ބަލާނީ،“ އެމެރިކާގެ މީޑިއާތަކަށް ޓްރަމްޕް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސޯރު ކުރިއަށް ގެންދިއުމަށް އެޤައުމުން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށެވެ.

މީގެއިތުރުން، އައި.އާރު.ޖީ.ސީގެ ނޭވީން ހާމަކުރި ގޮތުގައި ހޮރްމުޒް ކަނޑުއޮޅީގެ ދެކުނު ބިތުން ”ހުއްދަ ނޫން މަގަކުން“ ދަތުރުކުރި ދެ ސުޕަރޓޭންކަރެއްގައި ވަނީ މައިންތަކުގައި ޖެހި އަލިފާން ރޯވެފައެވެ. އެމެރިކާގެ އަސްކަރީ ޖެޓްތަކުގެ ޙިމާޔަތުގައި ދަތުރުކުރި މި ދެ ތެޔޮ ޓޭންކަރުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެފައިވާ ކަމަށް އީރާނުން ބުނެއެވެ.

އަނެއްކޮޅުން، ޣައްޒާގައި އިސްރާއީލުން ޢުދުވާނު ހިންގަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އެއްބަސްވި ”ހަނގުރާމަ ހުއްޓާލުމުގެ“ ފަހުން، އެ ސަރަޙައްދުގައި ހިންގި ފުރަތަމަ އެއްގަމު އަސްކަރީ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމާއި ގެއްލުންތަކަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި