Saturday, 21 November 2026
Ads by

އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއް ކަމަކަށް ނުބެލެވޭނެ: ޚުޠުބާ

އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއް ކަމަކަށް ނުބެލެވޭނެ: ޚުޠުބާ

އިންސާނާ މާއްދީ ގޮތުންނާއި ތަޢުލީމީ އަދި އިޤްތިޞާދީ ގޮތުން ކިތަންމެ ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއް ކަމަކަށް ނުބެލެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން“ މި މައުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވަނީ، އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު ފެންނަ އަޚުލާޤީ މިންގަނޑުން ދަށް އަދި ނޭދެވޭ ސިފަތަކުގެ ސަބަބުން، އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވެދާނެ ކަމަށެވެ. އެހެންކަމުން މުޢާމަލާތުކުރުމާއި ބަސްމޮށުމުގައި މަޑުމައިތިރިކަމާއި ރިވެތި އަދަބުތައް އިސްކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދިރިއުޅުމުގައި ކުރިމަތިވާ އެކި ދަތިތަކާއި އިމްތިޙާނުތަކުގައި ކެތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، ދަތިޙާލެއް ނުވަތަ ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދައު ފޭރި، ވައްކަންކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، މިފަދަ ހުރިހާ ޙާލަތެއްގައި ވެސް ކެތްތެރިކަން އިސްކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރިވެތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައި އޮތުމަކީ ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާންކަން ފާހަގަކުރައްވައި ޚުޠުބާ ނިންމަވާލައްވާފައިވަނީ، މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނުތަކުގައި ކުރިއަރައިދިޔަ ފަދައިން، މިއަދު ވެސް އަޚުލާޤީ ގޮތުން ކުރިއަރައިދިއުމަށް ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި