Saturday, 21 November 2026
Ads by

ޖުމްހޫރީ ދުވަހަކީ ގައުމުގެ އިއްޔެއާއި މިއަދު އަދި މާދަމާއާމެދު ފިކުރު ހިންގުމުގެ ދުވަސް: ރައީސް

ޖުމްހޫރީ ދުވަހަކީ ގައުމުގެ އިއްޔެއާއި މިއަދު އަދި މާދަމާއާމެދު ފިކުރު ހިންގުމުގެ ދުވަސް: ރައީސް

ޖުމްހޫރީ ދުވަހަކީ ދިވެހި ދައުލަތުގެ ވެރިކަމާމެދު ދިވެހިންގެ ބަސް އިއްވި ދުވަސްކަމަށާއި، އެ ދުވަހަކީ ދިވެހިންގެ އިއްޔެއާއި މިއަދާއި މާދަމާއާމެދު ވިސްނައި، ގައުމުގެ މުސްތަގުބަލާމެދު ފިކުރު ހިންގުމުގެ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޖުމްހޫރަކީ ގިނަ ރައްޔިތުންކަމަށާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހޮވާފައިވާ ވެރިޔަކު ހިންގާ ވެރިކަން ކަމަށްވުމުން، މި ރެއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން އިހުތިފާލުކޮށް ފާހަގަކުރާ ރޭކަމަށެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު ކުރަންވީ އެންމެ މުހިންމު ސުވާލަކީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމަށް އެންމެ ބޮޑެތި ފައިދާ ހާސިލުކުރެވޭނެ ގޮތްތަކާއި، ކުރިމަތީ ހުރި ދަތިތައް ގިރާކުރުމުގައި ކޮންމެ މީހަކަށްމެ ކުރެވޭނެ ކަންކަމާމެދު ކުރާ ސުވާލުކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކޮށް، ދިވެހިންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަންޖެހޭކަމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ދިވެހި ކާބަފައިން ޒަމާނުއްސުރެ ތޫނު ވިސްނުން ދަމަހައްޓައި ދުނިޔެއަށް އަންނަ ލޮޅުންތަކާ ކުރިމަތިލައި ފަހުރުވެރި ކުރިއެރުންތައް ހޯދަމުން އައިސްފައިވާކަން ފާހަގަކުރައްވައި، އިސްލާމްދީން ފެތުރެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަށައިގެންވާ މާހައުލުގެ ކުލަތަކަށް ބެލުމެއްނެތި ދިވެހިން އެ ދީން އިހުތިޔާރުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ޒަމާނާއެކު އަންނަ ބަދަލުތައް ބަލައިގަތުމުގެ ގޮތުން މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވިފައި އޮތް ގާނޫނުއަސާސީއެއް ބަލައިގަތީ ރާއްޖެއިންކަމަށާއި، އޭރު އޮތް ރަސްކަމުގެ ސަގާފަތާއެކުވެސް އެ ގާނޫނުއަސާސީން ރައްޔިތުންނަށް އެތައް ހައްގުތަކެއް ކަށަވަރުކޮށްދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލުގެނެސް ވިރާސީ ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އަދި އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ، މިހާރު ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއިން ބަލައިގަނެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއިން ދޭހަވަނީ ދިވެހިންނަކީ ތަރައްގީ ލިބޭނެ މަގުތައް ހޯދައި ކުރިއަށްދިއުމުގައި ލާމަސީލު ރައްޔިތުންތަކެއްކަން ކަމަށެވެ.

ރާއްޖޭގެ 4،000 އަހަރުވީ ތާރީހާއި އެހެން ގައުމުތަކުގެ ތަޖުރިބާ އަޅައިކިޔައިލުމުން ދިވެހިންނަކީ ނަސީބުވެރި ބައެއްކަން އިހުސާސްވާނެ ކަމަށާއި، އެއްލައްކަ ހަމަނުވާ މަދު އާބާދީއަކާއެކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބެން މިންވަރުކުރެއްވުމަކީ މަތިވެރި ނިއުމަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަމިއްލަ މިނިވަން ބިމެއް ނެތުމުގެ ސަބަބުން އެތައް ބަޔަކު ތަހައްމަލުކުރާ ވޭނާއި ހިތްދަތިކަމުގެ ހަބަރުތައް ކޮންމެ ދުވަހަކުމެ ފެންނަކަން ފާހަގަކުރައްވަމުން، އަމިއްލަ ބިމެއްގައި މިނިވަންކަންމަތީ ތިބުމުގެ ނިއުމަތް ދެއްވީތީ މާތްﷲ އަށް އަބަދުމެ ޝުކުރުވެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި