Saturday, 21 November 2026
Ads by

ޤައުމީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. ރަޝީދަށާއި ޢައްބާސަށް އަރުވައިފި

ޤައުމީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. ރަޝީދަށާއި ޢައްބާސަށް އަރުވައިފި

ހިދުމަތުގެ އެންމެ މަތީ ޝަރަފު އައްބާސް އިބްރާހިމަށް އެރުވުން ---

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި، ދައުލަތުން ދެއްވާ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށާއި ޢައްބާސް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

Ad Image
Ads by

މި ދެ ބޭފުޅުންނަށް މި މަތިވެރި ޝަރަފު އެރުވީ ދީނީ ދާއިރާއިންނާއި ދިވެހި ބަހާއި އަދަބިއްޔާތުގެ ރޮނގުން ޤައުމަށް ކޮށްދެއްވާފައިވާ ދިގު މުއްދަތުގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން މި ޝަރަފު ހާސިލުކުރެއްވި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ، މިޞްރުގެ ޖާމިޢުލް އަޒްހަރުން މަތީ ތަޢުލީމު އުނގެނިވަޑައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ދީނީ ޢިލްމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ފެބްރުއަރީ 8، 1981 ގައި ރައީސް އޮފީހުގެ އެޑްވައިޒަރުކަމުން ދައުލަތުގެ ޚިދުމަތް ފެއްޓެވި ޑރ. ރަޝީދު ވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ޚާއްޞަ ވަކީލުކަމާއި، ޢަރަބިއްޔާ ސްކޫލް އުފެދުމާއެކު އެ ސްކޫލްގެ މުދީރުކަންވެސް އެމަނިކުފާނު ކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި މެންބަރުކަންވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ދީނީ ފޮތްތަކާއި ހުކުރު ޚުޠުބާ ލިޔުއްވުމުގެ އިތުރުން، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ ކޮމިޓީގައި މަސައްކަތްކުރައްވައި، އިޙްޔާ ފޯރަމްތަކާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށްވެސް އެމަނިކުފާނު ވަނީ ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފު ލިބިވަޑައިގެންނެވި ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި މިއަދުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ފުންނާބުއުސް އަދީބެކެވެ.

ނޫސްވެރިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ތެރެއިން ބަހާއި އަދަބިއްޔާތުގެ މައިދާނަށް ނުކުމެވަޑައިގެންނެވި ޢައްބާސް ވަނީ 1979 ވަނަ އަހަރުން ފެށިގެން ’އާފަތިސް‘ ނޫސް ނެރުއްވާފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މީގެ ކުރިން ވަނީ ޤައުމީ އިނާމާއި ޝަރަފުގެ އިނާމުވެސް ހާސިލުކުރައްވާފައެވެ.

ދިވެހި ބަހަށް އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ފުރުޞަތު ޢައްބާސަށް ލިބިވަޑައިގަތީ 1996 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެ ދައުރުގައި ދިވެހި ބަސްފޮތް ޑިޖިޓަލައިޒް ކުރެއްވުމުގެ މުހިންމު މަސައްކަތް އެމަނިކުފާނު ކުރެއްވިއެވެ.

ބޭރު ބަސްބަހުން ހުންނަ ލިޔުންތަކާއި ވާހަކަތައް ސާފު ދިވެހިބަހަށް ތަރުޖަމާކުރެއްވުމާއި، މަޒުމޫނާއި ވާހަކަ ލިޔުއްވުމުގެ އިތުރުން ޅެންވެރިކަމުގެ ދާއިރާގައިވެސް ޢައްބާސް ވަނީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ޢައްބާސް އިބްރާހީމް މިހާރުވެސް ގެންދަވަނީ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމާއި، ދިވެހި ލިޔުންތެރިންގެ ޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި