Saturday, 21 November 2026
Ads by

ފާއިތުވި 3 އަހަރު 1.3 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެ، ގޭންގު މާރާމާރީގައި މަރުވުން ހުއްޓުވިއްޖެ: އިޙްސާން

ފާއިތުވި 3 އަހަރު 1.3 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެ، ގޭންގު މާރާމާރީގައި މަރުވުން ހުއްޓުވިއްޖެ: އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ---

ސަރުކާރުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެ، ރާއްޖޭގައި ގޭންގު މާރާމާރީތަކުގައި ޒުވާނުންގެ ފުރާނަ ގެއްލެމުން ދިޔަ ދިއުން އެއްކޮށް ހުއްޓުވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރީ ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިޙްސާސްވާނެ ގޮތަށް އެކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެގޮތުން މައިގަނޑު ހަތަރު ދާއިރާއަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ނައްތާލުމާއި، ގޭންގު ކުށްތައް ހުއްޓުވުމާއި، ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން ކުށުގެ މާޙައުލުގައި ކުޑަކުދިން އުޅޭ އުޅުން ހުއްޓުވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި ތިން އަހަރަކީ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު ތިން އަހަރު ކަމަށާއި، ޖުމްލަ 1.3 ޓަނުގެ މަސްތުވާތަކެތި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށާއި، ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ބަންދުކޮށް އެ ތަންތަނުގެ ވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ހިންމަފުށީގައި ހުރި 100 ޖާގައިގެ ސެންޓަރު 500 ޖާގައަށް ބޮޑުކުރުމުގެ މަސައްކަތާއި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކޮށް އަންނަ އަހަރު ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންގެ ޚިދުމަތް ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ގޭންގުތައް އެއްވާ ސަރަޙައްދުތަކުގައި ފުލުހުން ތަކުރާރުކޮށް އޮޕަރޭޝަންތައް ހިންގައި، ގޭންގު ނިޝާންތައް ފޮހެ، މަގުމަތީގައި ގްރޫޕް ހަދައިގެން އުޅުން ހުއްޓުވިފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2007 ވަނަ އަހަރުން ފެށިގެން ގޭންގު މާރާމާރީތަކުގައި ޒުވާނުން މަރަމުން އައި އައުން ހުއްޓި، ފާއިތުވި ތިން އަހަރު ތެރޭގައި ގޭންގު މާރާމާރީއެއްގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، ދެ ލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދި، އޭގެ ތެރެއިން 95 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް އެއްކުރެވިފައިވާ ކަމަށެވެ. ބާކީ ތިބި ހަތަރު އިންސައްތަ މީހުންނަކީ އަދި ރާއްޖެ އެތެރެ ނުވާ މީހުން ކަމަށް ވުމާއެކު، މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ މަޢުލޫމާތު ބަޔޯމެޓްރިކަލީ ކަށަވަރު ކުރެވިފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ ތަންފީޒީ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ ދަށުން ހިނގާ ޓެކްނޮލޮޖީ ދާއިރާއާއި ލޭބަރ ދާއިރާގެ މަސައްކަތްތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ”މޯލްޑިވްސް 2.0“ ގެ ދަށުން މުޅި ސަރުކާރު ޑިޖިޓައިޒްކޮށް އެއް ވިއުގައަކުން ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމު އަންނަ އަހަރު ޤާއިމުވެގެންދާނެ ކަމަށެވެ. ހަމައެއާއެކު ލޭބަރ ގަވަރނަންސަށް މުހިންމު ތިން ޤާނޫނެއް ވުޖޫދުކޮށް، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ”މައިކެރިއަރ“ ޕޯޓަލް މެދުވެރިކޮށް އެތައް ހާސް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، މި ހުރިހާ މަސައްކަތްތަކެއްގެ ފުރިހަމަ ނަތީޖާ ނެރެ، ރައްޔިތުންނަށް އެ ޚިދުމަތްތައް ކާމިޔާބުކަމާއެކު ޑެލިވަރ ކޮށްދޭނެ ދެ އަހަރު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި