Saturday, 21 November 2026
Ads by

ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ އިތުރުވެއްޖެ، މިކަން އިތުރަށް ފުޅާކުރަންޖެހޭ: އެސްޓީއޯ އެމްޑީ

ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ އިތުރުވެއްޖެ، މިކަން އިތުރަށް ފުޅާކުރަންޖެހޭ: އެސްޓީއޯ އެމްޑީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް.. ފޮޓޯ| ވަން އޮންލައިން

ދިވެހިރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން ޤައުމަށް ލިބޭ އާމްދަނީ އަހަރަކަށްވުރެ އަހަރެއް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި، މި ވިޔަފާރި އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އެއްގަމުގައި ތެޔޮ ރައްކާކުރާނެ ނިޒާމުތައް ޤާއިމުކޮށް ޚިދުމަތް ފުޅާކުރަންޖެހޭ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ހަފްތާ 156“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ވިޔަފާރިއަކީ މިހާރު އެ ކުންފުންޏަށް ވަރަށް ބޮޑު ނަފާއެއް ހޯދައިދެމުން އަންނަ، އަދި ކުންފުނީގެ ތާރީޚުގައިވެސް ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މީގެކުރިން މި ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރުން ބޭރުގެ އެކި ފަރާތްތަކުން ހޯދަމުންދިޔަ މާލީ މަންފާ، މިހާރު ސީދާ ދިވެހިރާއްޖެއަށް ލިބޭނެ މަގު ތަނަވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޝިމާދު ހާމަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު މި ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި ލިބުނީ 2.9 މިލިއަން ޑޮލަރެވެ. ނަމަވެސް 2025 ވަނަ އަހަރު މި ޢަދަދު 18 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް މި ވިޔަފާރިން ވަނީ 70 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ޤައުމަށް ހޯދައިދީފައެވެ.

”2024ގައި ބަންކަރިންގެ ނަމުގައި އަޅުގަނޑުމެން ތައާރަފްކުރި ފުރަތަމަ ދެތިންމަހުން އަޅުގަނޑުމެންނަށް ލިބުނު 2.9 މިލިޔަން ޑޮލަރު އާމްދަނީގެ ގޮތުގައި. މިދިޔަ 2025ގައި 18 މިލިޔަން ޑޮލަރު. އެހެންވީމަ ވަރަށް ބޮޑު ކުރިއެރުމެއް އެއީ. މިއަހަރުގެ މިހާތަނަށް އޮކްޓޯބަރާއި ހަމައަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިޔަން ޑޮލަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ.“ ޝިމާދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާމްދަނީ ލިބޭނެ އައު ދޮރުތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މި މަޝްރޫޢުގެ ދަށުން، އޮފްޝޯކޮށް މި ޚިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ދުނިޔޭގެ މަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެން މިހާރު ޚާއްޞަ ބޯޓުތަކެއް މެދުވެރިކޮށް މި ޚިދުމަތް ދެމުން އައި ނަމަވެސް، ޝިމާދު ވިދާޅުވީ މި ވިޔަފާރީގެ ޙަޤީޤީ މަންފާ އެންމެ ފުރިހަމައަށް ހޯދޭނީ އިހަވަންދިއްޕޮޅު ފަދަ ސްޓްރެޓީޖިކް ސަރަޙައްދުތަކުގައި އެއްގަމުގައި ތެޔޮ ރައްކާކުރާނެ ނިޒާމުތައް (ލޭންޑް ބޭސްޑް ސްޓޯރޭޖް) ޤާއިމުކުރެވިގެން ކަމަށެވެ.

ބަންކަރިންގެ ޚިދުމަތް ހޯދާ ބައިނަލްއަޤްވާމީ އުޅަނދުފަހަރުގެ ޢަދަދު އިތުރުވަމުން އަންނައިރު، މި ދާއިރާ އިތުރަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1795178805320
ކަރާޗީ-މާލެ ސީދާ ކަނޑުދަތުރު ފަށައި، ވިޔަފާރި 200 މިލިއަން އިތުރުކުރަނީ
Kandhufathi 1421
މި ސަރުކާރުގެ 3 އަހަރު ތެރޭގައި ޖުމްލަ 111 ކަނދުފަތި ޤާއިމްކޮށްފި
Thimarafushi5556
ތ. އަދި ލ. އަތޮޅުގައި ޓޫރިސްޓް ހޮޓާ އަޅަން ހަތަރު ބިމެއް ބިޑަށް ލައިފި
madaaam
ބޭހަށް ނުގުޑާ ޖަރާސީމުން ރައްކާތެރިވެފައިވާ ވިލުންތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި