Thursday, 19 November 2026
Ads by

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި

ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅި މުހިންމު ބިލު، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ބަލައިގެންފިއެވެ.

Ad Image
Ads by

މަޖިލީހުގެ ތަޅުމުން މި ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. ނިމިދިޔަ ހަފުތާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިއީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ޚާއްޞަ ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ހަރުދަނާ އުސޫލުތަކާއި އިޖުރާއަތުތައް ޤާނޫނަކުން ކަނޑައެޅުމެވެ. އަދި ޝަރުޢީ ހުރިހާ މަރުޙަލާއެއް ފުރިހަމަވުމަށްފަހު، އަދަބު ތަންފީޒުކުރާނެ ގޮތުގެ ތަފްޞީލީ އުސޫލުތައް އެކަށައެޅުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެގެންނެވެ.

އޭގެ ތެރޭގައި:

  • މަރުވި މީހާގެ ވާރިސުންގެ އިއްތިފާޤު އޮތުން.
  • ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށް،
  • ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން.
  • ޢަދުލުވެރި އަދި އިންޞާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދިނުން.
  • ކުށް ސާބިތުކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިދިނުން.

މީގެއިތުރުން، މި ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ދަޢުލަތުގެ މައްޗަށް ލާޒިމުވާ ކަންކަމުގެ އިތުރުން އަދަބު ލިބޭ މީހާއަށް ލިބިދޭ ޙައްޤުތައް ވެސް ވަނީ ތަފްޞީލުކޮށްފައެވެ. އަދި ބައެއް ޚާއްޞަ ޙާލަތްތަކުގައި މަރުގެ އަދަބު ތަންފީޒުކުރުން މަނާވާނެ ސަބަބުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހަށް މިއަދު ބަލައިގަތް މި ބިލު ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
hasdfg
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިންގެ ޓޭންކަރުތައް އަނެއްކާވެސް ޣައްޒާގެ ތެރެއަށް ވަދެގަނެފި
IMG_3459
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި
902205083-1686381906617839-6959954579775541330-n-876x657
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Majilis 232
އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލަށް ބައި މިލިއަން ރުފިޔާ ނަގައިދެވޭ ބިލު މަޖިލީހަށް ބަލައިގެންފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި