Thursday, 19 November 2026
Ads by

ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގެ ހުޅުމާލެ އިތުރު ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ފެށުން:ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ އިތުރު 182 ފްލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި 182 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަންއާއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 364 ފްލެޓުގެ ތެރެއިން 182 ފްލެޓެއްގެ ކޮންކްރީޓް މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓްތަކަކީ މަހަކު 60,000 ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް ޚާއްޞަކޮށްގެން ދޫކުރާ ސޯޝަލް ހައުސިން ޔުނިޓްތަކެކެވެ. މި ތަންތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޑަ ކުއްޔެއް ދައްކަމުން ގޮސް، ކުލި ޚަލާސްވުމުން ފްލެޓް މިލްކުވާ ”ރެންޓް ޓު އޯން“ އުސޫލުންނެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންއިން މާލެ ސަރަހައްދުގައި ޖުމްލަ 3،200 އަށްވުރެ ގިނަ ފްލެޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ބޭންކުން އަމާޒު ހިފާފައިވަނީ މި ހުރިހާ ފްލެޓްތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލުމަށެވެ.

މީގެ ކުރިންވެސް ބީއެމްއެލްގެ މި ކުންފުނިން ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ 1،117 ފްލެޓް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ 1،224 ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ވެގެންދާނީ، ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފަށައި، ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ފްލެޓް އެޅުމުގެ މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު މާލެ ސަރަހައްދުގައި 10،000 އަށްވުރެ ގިނަ ފްލެޓް ނިންމައި ރައްޔިތުންނާ ހަވާލުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
hasdfg
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިންގެ ޓޭންކަރުތައް އަނެއްކާވެސް ޣައްޒާގެ ތެރެއަށް ވަދެގަނެފި
IMG_3459
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި
902205083-1686381906617839-6959954579775541330-n-876x657
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Majilis 232
އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލަށް ބައި މިލިއަން ރުފިޔާ ނަގައިދެވޭ ބިލު މަޖިލީހަށް ބަލައިގެންފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި