Tuesday, 17 November 2026
Ads by

އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް

އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް

ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ދާއިރާއެއް އިސްތިސްނާ ނުކޮށް ސަރުކާރުން އަމަލީ ނަތީޖާ ނެރެދީފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ދައްކަވާ ވާހަކަތަކަކީ ހަމައެކަނި ދައްކާލާ ވާހަކަތަކެއް ނޫން ކަމަށާއި، ސަރުކާރުން ކޮށްދިން ކަންކަމުގެ ހެޔޮ ބަދަލާއި ފައިދާ އެތައް ދިވެހި ރައްޔިތުންނަކަށް މިހާރު ވެސް ލިބެމުންދާ ކަމަށެވެ. އަދި ސަރުކާރުން ވާހަކަ ދައްކަނީ ހާސިލުކުރެވުނު އަމަލީ ނަތީޖާގެ މައްޗަށް ބިނާކޮށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ 99 އިންސައްތަ މީހުންގެ މައުލޫމާތު އެއްކޮށް ދަފުތަރުކުރެވިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމަށް ހާސިލުކުރެވިފައިވާ ކާމިޔާބީއެއްކަން ފާހަގަކުރައްވައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 13،000 މީހުން މިހާތަނަށް ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނުދައްކާ ހުރި ބިލްތައް ވެސް ހިމެނޭހެން ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި ފަރާތްތަކަށް 25 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ދަރަނި ދެއްކުމަށް ހޭދަކޮށްފައި ނުވާހާ ބޮޑު އަދަދެއް ކަމަށާއި، އަމާޒަކީ އަންނަ އަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ކޮވިޑްގެ ކުރިން ހުރި މިންވަރަށް ތިރިކުރުން ކަމަށް ވިދާޅުވިއެވެ.

ދީނީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ބަޖެޓަށް ބުރަނުވެ ދީނީ ކަންކަން ހިންގުމަށް ފައިސާ ހޯދޭނެ މަގުފަހިކުރުމަށް އައުގާފްގެ މަސައްކަތް ފުޅާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ވަގުފް ބިނާތަކުން ނަފާ ލިބެން ފެށުމުން، ދީނީ ކަންކަމަށް ހޭދަކުރާނެ ފައިސާ ދާއިމީ ގޮތެއްގައި ލިބިލިބި ހުންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމަކާ އެކު ވެސް ބަދަހި ގުޅުމެއް ބޭއްވުން ކަމަށެވެ. ޚާއްޞަކޮށް އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި ތައުލީމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޒުވާނުން ބިނާކޮށް ތަރައްގީކުރުމުގެ ދާއިރާއިން ވެސް ސަރުކާރުން ހޯދާފައިވާ ގިނަގުނަ ކާމިޔާބީތަކުގެ ތަފްސީލު ރައީސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
7e4540a4-916a-4870-a24f-014e071673d4
އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް
9b5b4d8e-b840-4da1-851e-160614c56bed
އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް
original
އެކަމަކީ ޤައުމަށް ފައިދާވާ ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް ކުރައްވާނަން: ރައީސް
Raees 564
ދަރަންޏާއި ބިލުތަކަށް ބޮޑު ހޭދައެއްކޮށް، ބަޖެޓު ޑެފިސިޓް އެއް އަކުރަށް ތިރިކޮށްފިން: ރައީސް
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި