Tuesday, 17 November 2026
Ads by

އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް

އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް

ގައުމުގައި ކިތަންމެ ބޮޑެތި އުމްރާނީ ބިނާތަކެއް ކުރި ނަމަވެސް، އެ ތަރައްގީގެ ހަގީގީ ފުރިހަމަ މާނަ ނުކުންނާނީ މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ރީތި ސިފަ އަށަގަނެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަތްލެވޭ ތަރައްގީއާއި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ހަމަހަމަ މުހިންމުކަމެއް ދީގެން ކުރިއަށް ގެންދަންޖެހޭ ދެ ކަންތައް ކަމަށެވެ. އަދި މި ދެ ދާއިރާއިން އެއްވަރަކަށް މަސައްކަތް ކުރެވިއްޖެނަމަ ރާއްޖޭގެ މުސްތަގުބަލު ވަރަށް ބޮޑަށް އުޖާލާވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހުކުރި އިހުތިރާމު އަދާކުރުމުގެ މަޝްރޫއަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޖޯކުޖަހައި މަލާމާތް ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ މަލާމާތްތަކުންވެސް ހާމަވަނީ މި މަޝްރޫއުގެ ބޭނުންތެރިކަން ބޮޑުކަން ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމު ނުކުރުމުގެ ސަބަބުން މިއަދު ގައުމު އޮތް ހާލަތު ފެންނަން އޮތްއިރު، ސަރުކާރުން ކުރާ ކޮންމެ ކަމަކާ އިދިކޮޅު ހަދާ ބަޔަކު ރާއްޖޭގައި ނޫނީ ނޫޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑެތި އިމާރާތްތައް ބިނާކުރުމަށްވުރެ ބޮޑު ކަމަކީ ދީނާއި ގައުމު ދެކެ ލޯބިވާ، މައިންބަފައިންނަށް ކަމޭހިތާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގާބިލު ޒުވާނުންތަކެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީވެސް އެފަދަ އަގުހުރި ޖީލެއް ބިނާކުރުމުގެ މާތް މަގުސަދުގައި ސަރުކާރުން ފެށި ދެމެހެއްޓެނިވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަތަރު ލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮތް ރާއްޖޭގައި، ކޮންމެ ފަރުދަކުވެސް އިހުތިރާމު ކުރުމުގެ އަމަލުތައް ދަމަހައްޓާނަމަ ބޭއިހުތިރާމުގެ އަމަލުތައް ހިންގާނެ ބަޔަކު ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް މީހަކަށް ބޭއިހުތިރާމުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމަށާއި، ޓީވީއަކުން ނަމަވެސް އެފަދަ ވާހަކައެއް އަންނަނަމަ ޓީވީ ނިއްވާލުމަށްފަހު، އެފަދަ އަމަލުތައް ހުއްޓާލުމަށް ނަސޭހަތްތެރިވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
7e4540a4-916a-4870-a24f-014e071673d4
އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް
9b5b4d8e-b840-4da1-851e-160614c56bed
އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް
original
އެކަމަކީ ޤައުމަށް ފައިދާވާ ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް ކުރައްވާނަން: ރައީސް
Raees 564
ދަރަންޏާއި ބިލުތަކަށް ބޮޑު ހޭދައެއްކޮށް، ބަޖެޓު ޑެފިސިޓް އެއް އަކުރަށް ތިރިކޮށްފިން: ރައީސް
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި