Thursday, 19 November 2026
Ads by

އައި.ވީ.އެފްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ޞިއްޙީ ނިޒާމަށް ތިން އަހަރުތެރޭ ބޮޑު ކުރިއެރުމެއް ގެނެވިއްޖެ: ރައީސް

އައި.ވީ.އެފްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ޞިއްޙީ ނިޒާމަށް ތިން އަހަރުތެރޭ ބޮޑު ކުރިއެރުމެއް ގެނެވިއްޖެ: ރައީސް

ރާއްޖޭގައި އަލަށް އައި.ވީ.އެފްގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކޮށް ދިގު މުއްދަތަކަށް ބޭރުގައި ތިބެންޖެހުމުގެ ބުރަ މިހާރު އާއިލާތަކަށް ލުއިވެފައިވާ ކަމަށެވެ. ރާއްޖޭގައި ތިބެގެން އައި.ވީ.އެފް ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޞިއްޙީ ދާއިރާއިން ހޯދުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން ލިބެން ނެތް އަސާސީ އަދި ޚާއްޞަ ބަލިތަކުގެ ފަރުވާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، ކުރިން ޑަޔަލަސިސްގެ ޚިދުމަތް ނެތް ހަތް އަތޮޅެއްގައި އަލަށް އެ ޚިދުމަތް ފަށާފައިވާއިރު، ލެބޯރަޓަރީގެ ޚިދުމަތް ނެތް 24 ރަށެއްގައި ވަނީ އެ ޚިދުމަތް ޤާއިމުކޮށްފައެވެ.

ބަލިމީހުންނަށް ރަށުގައި ތިބެގެން ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ނެތް 18 ރަށެއްގައާއި، އަންހެނުންގެ ޚާއްޞަ ފަރުވާ ނެތް 14 ރަށެއްގައި މިހާރު ވަނީ އެ ޚިދުމަތްތައް ފަށާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ނެތް 11 ރަށެއްގައާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ނެތް 11 ރަށެއްގައިވެސް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އަލަށް ޚިދުމަތް ދޭން ފަށާފައެވެ. މި ބަދަލުތަކާއެކު، ބޭސްފަރުވާއަށް މާލެއާއި ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
hasdfg
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިންގެ ޓޭންކަރުތައް އަނެއްކާވެސް ޣައްޒާގެ ތެރެއަށް ވަދެގަނެފި
IMG_3459
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި
902205083-1686381906617839-6959954579775541330-n-876x657
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Majilis 232
އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލަށް ބައި މިލިއަން ރުފިޔާ ނަގައިދެވޭ ބިލު މަޖިލީހަށް ބަލައިގެންފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި