Sunday, 22 November 2026
Ads by

ޖިންސީގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދު އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ޖިންސީގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދު އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލުމާއެކު، އެ މައްސަލަ ހުކުމް އިއްވުމުގެ މަރުހަލާއަށް ހިނގައްޖެއެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ނެރުނު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ދަށު ކޯޓުގެ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިއުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ އަޑުއެހުންތައް ނިންމަވާލައްވާފައެވެ.

މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އެއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ސަރުކާރުގެ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިނގުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި