Tuesday, 17 November 2026
Ads by

”އެސްޓީއޯ ރަމަޒާން ބާޒާރު 2027“ ފަށައިފި

”އެސްޓީއޯ ރަމަޒާން ބާޒާރު 2027“ ފަށައިފި

"އެސްޓީއޯ ރަމަޒާން ބާޒާރު 2027" ފެށުމުގެ ހަފްލާގެ ތެރެއިން.. މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ 16 ނޮވެމްބަރ 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުން. ފޮޓޯ| އެސްޓީއޯ

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދެއެވެ.

Ad Image
Ads by

އެގޮތުން 1448 ވަނަ އަހަރުގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ ”އެސްޓީއޯ ރަމަޒާން ބާޒާރު 2027“ މިހާރު ވަނީ ފަށައިފިއެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ 16 ނޮވެމްބަރ 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސްޑް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް ހުސައިން ޝާމް އާދަމްއެވެ.

މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 16 ނޮވެމްބަރ 2026 ން ފެށިގެން 10 މާރިޗު 2027 ގެ ނިޔަލަށެވެ. މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 2 ހަފްތާއަކު، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 2 ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ ގެ ފައިސާގެ އިނާމެއްވަނީ ކަނޑައެޅިފައެވެ. ޕްރޮމޯޝާން ނިމުމާއި އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް މި 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރާއި އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާއްމުންނަށް ހުޅުވާލެވިފައެވެ. ކޮފީ ބީންސް އެންޑް ޓީލީވްސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ.

މީގެ އިތުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، މި ސަރަހައްދުވެސް އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.

އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެއެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
7e4540a4-916a-4870-a24f-014e071673d4
އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް
9b5b4d8e-b840-4da1-851e-160614c56bed
އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް
original
އެކަމަކީ ޤައުމަށް ފައިދާވާ ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް ކުރައްވާނަން: ރައީސް
Raees 564
ދަރަންޏާއި ބިލުތަކަށް ބޮޑު ހޭދައެއްކޮށް، ބަޖެޓު ޑެފިސިޓް އެއް އަކުރަށް ތިރިކޮށްފިން: ރައީސް
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި