Tuesday, 17 November 2026
Ads by

ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއްކަމަށް ބުނެ ދައުރުކުރަނީ އަސްލެއްނޫން: ހޯމް މިނިސްޓަރ

ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއްކަމަށް ބުނެ ދައުރުކުރަނީ އަސްލެއްނޫން: ހޯމް މިނިސްޓަރ

ސޯޝަލްމީޑިއާގައި ދައުރުކުރަމުންދާ ފޭކް ލިޔުން..

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ފޭކް ލިޔުމެއް ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރ އިޙްސާން މިކަން ހާމަކުރައްވައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، އަދި އެއީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރެއްގައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެފައިވާ އިބާރާތްތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ އިތުރަށް ތަފްޞީލު ދެއްވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ އިމިގްރޭޝަންގެ މުޅިން އައު ޤާނޫނެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ޚިލާފަށް، ސަރުކާރުން ހުށަހެޅި މި އައު ޤާނޫނުގައި ”ރެސިޑެންޓް ވިސާ“ ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމަނާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަނަކީ ދިވެހި އެންމެހާ ރައްޔިތުންނާއި ޤައުމީ ސަލާމަތާ ސީދާ ގުޅުންހުރި ނާޒުކު އަދި ހައްސާސީ މަސައްކަތްތަކެއް ކުރަމުން އަންނަ މުހިންމު މުއައްސަސާއެއްކަން ފާހަގަކުރައްވައި، މިފަދަ އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު ބުހުތާނު ވާހަކަތައް ނުފެތުރުމަށް މިނިސްޓަރ އިޙްސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި