Tuesday, 17 November 2026
Ads by

ރައީސް މުޢިއްޒު ބިޔަ އިންވެސްޓްމެންޓެއް ގެންނެވީތީ އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވަނީ: ފަލާޙު

ރައީސް މުޢިއްޒު ބިޔަ އިންވެސްޓްމެންޓެއް ގެންނެވީތީ އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވަނީ: ފަލާޙު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ބިޔަ އަދި ފައިދާހުރި އިންވެސްޓްމެންޓެއް ގެންނެވީތީ، އެކަން އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވަނީ ކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓާއެކު އޭނާ ވަނީ އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވާ 10 ސިކުންތުގެ ވީޑިއޯ ކްލިޕެއް ވެސް ހިއްސާކުރައްވާފައެވެ.

އެ ވީޑިއޯ ކްލިޕްގައި މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫޢާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ވެރިކަމުގައި އެމްޑީޕީގެ ބޭފުޅަކު ނެތީމައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސަރުކާރުން ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާ މެދު އިދިކޮޅު ފަރާތްތަކުން އަމަލުކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައި އާޒިމް އެ ޖަލްސާގައި ވަނީ އިތުރަށް ވާހަކަފުޅު ދައްކަވާފައެވެ.

އާޒިމްގެ މި ވާހަކަތައް ހިމެނޭ ވީޑިއޯ ހިއްސާކުރައްވައި ފަލާޙުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން އުޅެއުޅެ ނުގެނެވުނު ވަރުގެ ބިޔަ، ފައިދާހުރި އިންވެސްޓްމެންޓެއް ރައީސް މުޢިއްޒު ގެންނެވީތީ އެ ފަރާތްތަކަށް ހަޖަމުނުވުން ނޫން އިތުރު ސަބަބެއް ނެތް ކަމަށެވެ.

ރޭގެ ވަގުތެއްގައި ފަލާޙު ކުރެއްވި މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިހާތަނަށް 3،800 އަށްވުރެ ގިނަ މީހުން ވަނީ އެ ޕޯސްޓް ބަލާފައެވެ. އަދި ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ރަސްމާލެ މަޝްރޫޢާއި ބޭރުގެ އިންވެސްޓްމެންޓްތަކާ ގުޅޭގޮތުން ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ”ރަސްމާލެ“ މަޝްރޫޢަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ މަޝްރޫޢެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މި މަޝްރޫޢު ކުރިއަށްގެންދަނީ ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް، ބޭރުގެ އިންވެސްޓްމެންޓްގެ އެހީގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި