Tuesday, 17 November 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިލުމަށް އީރާނާއި އެމެރިކާއަށް އދ. އިން ގޮވާލައިފި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިލުމަށް އީރާނާއި އެމެރިކާއަށް އދ. އިން ގޮވާލައިފި

ގަސްކާނާ އުފުލާ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވައިލުމަށް އީރާނާއި އެމެރިކާއަށް އދ. އިން ގޮވާލައިފިއެވެ.

Ad Image
Ads by

ތުރުކީގައި ކުރިއަށްދާ ކޮޕް-31 (COP31) މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓުގައި ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން، އދ. ގެ އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔޫއެންއޯޕީއެސް) ގެ ވެރިޔާ ޖޯޖް މޮރެއިރާ ޑަ ސިލްވާ ވިދާޅުވީ، ދުނިޔޭގެ އެންމެ ނާޒުކު ގައުމުތަކަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާއަށް ލުޔެއް ހޯދައިދިނުމަށް މި ފިޔަވަޅު ވަގުތުން އަޅަން ޖެހޭ ކަމަށެވެ. ގަސްކާނާ ނުލިބުމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކަށް ފަހު، އީރާނުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުން، އެ ސަރަހައްދާއި މުޅި ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއިން މިހާރު ވެސް މަޝްވަރާތައް ކުރަމުންދާއިރު، ދެ ގައުމަށް ވެސް ދޭން އޮތީ އެއް މެސެޖެއް ކަމަށް މޮރެއިރާ ޑަ ސިލްވާ ވިދާޅުވިއެވެ. އެގޮތުން ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ގަސްކާނާގެ މައްސަލައަށް ވަގުތުން ހާއްސަ، ވަކި މުއްދަތަކަށް ހަނިކުރެވިފައިވާ ހައްލެއް ހޯދުން ފަސްކޮށްގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ވަގުތަށް އަސާސީ ގޮތުން ބޭނުންވަނީ ގަސްކާނާ ބަރުކޮށްފައިވާ ފަސް ބޯޓަށް ދުވާލަކު އެ ކަނޑުއޮޅިން ދަތުރުކުރެވޭނެ އިންތިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކާރިސާގެ ތެރޭގައި ގަސްކާނާ އުފުލޭނެ ގޮތް ހަދައިދިނުމަށް އދ. އިން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ވެރިޔާގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހަމަނުޖެހުން ފެށުމުގެ ކުރިން ދުނިޔޭގެ ގަސްކާނާގެ ތިންބައިކުޅަ އެއްބައި އުފުލަމުން ދިޔައީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކަމަށެވެ. ނަމަވެސް ކަނޑުއޮޅި ބަންދުކުރި ފަހުން ގަސްކާނާގެ އަގު 30 އިންސައްތަ އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާރިސީ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ޔޫރިއާ އެކްސްޕޯޓުގެ ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ އަދަދެއް އަދި އެމޯނިއާގެ 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދެއް އުފައްދައި ބޭރުކުރާ މައި ސަރަހައްދެވެ.

މި ކަމުގެ ސަބަބުން އެންމެ ނާޒުކު ގައުމުތަކަށް ކުރާ ނޭދެވޭ އަސަރު އެކަށީގެންވާ މިންވަރަށް ވަޒަންކުރެވިފައި ނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސޫދާނުގައި ކާބޯތަކެތީގެ އަގު ދެގުނައަށް އުފުލިފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ނޭޕާލްގެ ދަނޑުވެރިންނަށް ގަސްކާނާ ގަނެވޭނެ މާލީ ތަނަވަސްކަން މިހާރު ނެތް ކަމަށް އެ ގައުމުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މޮޒަމްބީކް، ކެންޔާ، ސޫދާން، ސޯމާލިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ގައުމުތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރަމުންދާކަން ދެނެގަތުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަތިކަން ދިގުލައިގެން ގޮސްފި ނަމަ ނުކުމެދާނެ ނަތީޖާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މޮރެއިރާ ޑަ ސިލްވާ ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގަސްއިންދާ މޫސުންތައް ގެއްލެމުންދާ ނަމަ، 45 މިލިއަން މީހުންނަށް ކާބޯތަކެތީގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހި، 30 މިލިއަން މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

ހަމައެއާއެކު، އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ހަތް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގަސްކާނާ ޝިޕްމަންޓްތައް އަލުން ފެށޭނެ ފުރިހަމަ ނިޒާމެއް އދ. އިން މިހާރު ތައްޔާރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ދަތުރުކުރާ ބޯޓުފަހަރު މޮނިޓަރ ކުރެވޭނެ އަދި ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ބަލައިފާސްކުރުންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި