Tuesday, 17 November 2026
Ads by

ހަކުރުބަލި ކުރިން ދެނެގަނެ، އެކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ހަކުރުބަލި ކުރިން ދެނެގަނެ، އެކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު... ފޮޓޯ| ރައީސް އޮފީސް

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވައި، ހަކުރުބަލި ކުރިން ދެނެގަތުމަށާއި ބަލި ތަހައްމަލުކުރާ މީހުންނަށް އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފިއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް ހަކުރުބައްޔާއެކު ދިރިއުޅުމަކީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކުރުމާއި، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމުގެ އިތުރުން މުޅި އުމުރަށް އެކަމަށް ފަރުވާތެރިވުން ކަމަށެވެ. އަދި ބައެއް މީހުންނަށް މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި އިތުރު އުނދަގޫތަކާ ކުރިމަތިލާންޖެހޭކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރާއިރު، ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ތަފާތު ތަޖުރިބާތައް ދެނެގަނެ، ފުރާނަ ސަލާމަތްކުރުމަށާއި ބަލީގެ ވޭން ކުޑަކުރުމަށްޓަކައި ކުރިއާލައި ފިޔަވަޅު އެޅުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ފަރުވާ ހޯދަމުންދާ އާއިލާގެ މެންބަރަކަށް އެހީތެރިވުމާއި، ގަވާއިދުން ޓެސްޓުތައް ހެދުމަށް ހިތްވަރު ދިނުމާއި، އަދި އެންމެން އެކުގައި ދުޅަހެޔޮ އާދަތައް އަށަގެންނެވުމަކީ މި ބައްޔާ ދެކޮޅަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، ރާއްޖެއަކީ ހަކުރުބަލި ކުރިން ދެނެގަނެވި، އަދި ބަލީގެ ހާލަތު ކޮންމެ މިންވަރެއްގައި ހުރި ނަމަވެސް، ކޮންމެ ފަރުދަކަށްވެސް އޯގާތެރިކަމާއި ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ފަދަ ޤައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި