Tuesday, 17 November 2026
Ads by

ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ މުހިންމު ސިފައެއް: ޚުޠުބާ

ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އީމާންކަމުގެ މުހިންމު ސިފައެއް: ޚުޠުބާ

މާތް ﷲ އިންސާނުންނަށް މިންވަރުކުރައްވާފައިވާ ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އަދި އީމާންކަން ފުރިހަމަކޮށްދޭ އެންމެ މުހިންމު އެއް ސިފަ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން“ މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ﷲ ގެ ނިޢުމަތްތަކަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ މަގުގައި ބޭނުންކުރުމަކީ މާތްވެގެންވާ އަޅުކަމެކެވެ. އަދި ޝުކުރުވެރިވުމަކީ މާތް ﷲ ގެ ލޯތްބާއި ރުހިވޮޑިގަތުން ލިބި، ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮކަން އިތުރުވެގެންދާނެ ސަބަބެއް ކަމަށް ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، މާތް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އިތުރުން މައިންބަފައިންނަށާއި، ހެޔޮކަންކަން ކޮށްދޭ މީސްތަކުންނަށް ޝުކުރު އަދާކުރުމަކީވެސް އިސްލާމީ މަތިވެރި އަޚްލާޤުގެ ތެރެއިން ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. މީސްތަކުން ކޮށްދޭ ކަންކަމުގެ އަގުވަޒަންކޮށް ޝުކުރު އަދާނުކުރާ މީހަކު، މާތް ﷲ އަށް ޝުކުރުވެރި ނުވާނެކަމަށް އައިސްފައިވާ ޙަދީޘްފުޅުތަކަށްވެސް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް އެކަލާނގެ ނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށާއި، ނަމަވެސް ނިޢުމަތްތަކަށް ކާފިރުވެ ޝުކުރުވެރި ނުވާ މީހުންނަށް ގަދަފަދަވެގެންވާ ޢަޛާބު ހުރިކަމަށް ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ދެއްވި އެންމެހައި ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި