Tuesday, 17 November 2026
Ads by

މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް، ޙުކުމް ހިފަހައްޓާކަށް ނެތިން: ރައީސް

މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް، ޙުކުމް ހިފަހައްޓާކަށް ނެތިން: ރައީސް

ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލައި، ޤާނޫނުގައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad Image
Ads by

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ތިން މަރުޙަލާ ނިމި މަރުގެ އަދަބު ތަންފީޒުކުރުމަށް ޙުކުމް އިއްވާފައިވާ މީހުން މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އެހެންނަމަވެސް، މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އެކަން ތަންފީޒުކުރަން ބޭނުންވެފައި ނުވާކަމަށާއި، މިހާތަނަށް މިކަން އޮތީ ހަމައެކަނި ޤަވާއިދެއް ނުވަތަ އުސޫލެއްގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމްދީނަށް ނަޞްރުދިނުން ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން ޤާނޫނުތައް ހަދަންވާނީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި، އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތަށް ކަމަށްވާއިރު، އިސްލާމީ ޝަރީޢަތުގައި އެކަން އޮތް ގޮތަށް ޢަމަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ހިސާބަށް ޝަރުޢީ މަރުޙަލާތައް ނިމިފައިވާ ކަމެއް ހިފެހެއްޓުމުގެ ޙައްޤު އިސްލާމީ ވެރިއަކަށް، ނުވަތަ ދައުލަތުގެ ވެރިޔަކަށް ނޯންނާނެ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނޭނެ ކަމަށެވެ. އެއީ ޤިޞާޞް ހިފުމާއި، ޤާނޫނުގައި ކަނޑައެޅޭ މިންގަނޑުތަކަށް ފެތޭ ގޮތަށް ޑްރަގް ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމެވެ.

މީގެ ތެރެއިން ޤިޞާޞް ހިފުމުގެ ޙުކުމާ ގުޅޭގޮތުން ސޫރަތުލް ބަޤަރާގެ 179 ވަނަ އާޔަތުގެ މާނަ ވިދާޅުވެދެއްވަމުން ރައީސް ވިދާޅުވީ، ޤިޞާޞް ހިފުމުގައި އިންސާނުންނަށް ދިރުމެއް ވާކަމަށެވެ. އެއީ ޤިޞާޞްގެ ސަބަބުން މީހުން މެރުމާއި އަނިޔާވެރިވުމުން މީސްތަކުން ދުރުހެލިކުރުވައި، މުޖުތަމަޢުގެ އަމާންކަމާއި ފަރުދީ ރައްކާތެރިކަން ކަށަވަރުވެގެންދާތީ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި، މަރާލެވޭ މީހުންނާމެދު ޤިޞާޞް ހިފުމަކީ މުއުމިނުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަމެއްކަން ވަރަށް ޞަރީޙަކޮށް ބަޔާންވެފައިވާކަން ރައީސް ހަނދާންކޮށްދެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ބިލު ޤާނޫނަކަށް ވުމުން، ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި