ހުކުރު ދުވަހުގެ ރޭ ޣައްޒާއަށް ކުރި ވަރުގަދަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ގެދޮރުގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅެމުންދާ އެތައް ހާސް ޓެންޓެއްގައި ފެންބޮޑުވެއްޖެއެވެ. މި ކާރިސާގެ ސަބަބުން އެމީހުންގެ އަތުގައި ހުރި ގޮދަޑި، ރަޖާ، އަދި ކާބޯތަކެތި ވަނީ މުޅިން ހަލާކުވެފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި، ޓެންޓުތަކަށް ފެންވަނުމާ ގުޅިގެން ރޭގަނޑު އެކަނިވެސް 1,500 އަށްވުރެ ގިނަ އެމަރޖެންސީ ކޯލް ވަނީ ލިބިފައެވެ. އުތުރުގެ ޖަބާލިޔާއިން ފެށިގެން މެދުތެރޭގެ ދައިރުލް ބަލަޙް އާ ހަމައަށް ފެންބޮޑުވެފައިވާއިރު، މީހުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ”ރޮކެޓު ޙަމަލާތަކެކޭ އެއްފަދައިން ވާރޭގެ ތިކިތަކުންވެސް މީހުން މަރަމުންދާ“ ކަމަށެވެ.
والله لتُسأل أمة محمد عن كل هذا..
حضّروا جوابا لنبيكم.. كيف تركتم غزة وحدها pic.twitter.com/1ci1uuEz3R
— Mohammed Haniya (@mohammedhaniya) November 7, 2026
ކުރިން އިޒްރޭލުން ދީފައިވާ ޙަމަލާތަކުގެ ސަބަބުން ބަލިކަށިވެފައިވާ ޢިމާރާތްތަކަށް ވާރޭގެ އަސަރުކޮށް، އުތުރު ޣައްޒާގައި ފާރެއް ވެއްޓުމުގެ ސަބަބުން 2 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ނުސައިރާތު ކޭމްޕުގައިވެސް ޢިމާރާތެއް ވެއްޓެން އުޅުމުގެ ސަބަބުން މީހުން ވަނީ ހުސްކޮށްފައެވެ.
🚨 CATASTROPHIC SCENES IN GAZA RIGHT NOW.
Heavy rainfall is flooding displaced Palestinians’ tents, leaving families exposed to the harsh winter with no alternative shelter.
This is their fourth winter since Israel destroyed their homes and continues to block essential… pic.twitter.com/NI7DRgCSMs
— Gaza Notifications (@gazanotice) November 7, 2026
ޣައްޒާގެ މުނިސިޕަލްޓީތަކާއި ސިވިލް ޑިފެންސްގައި ފެން ހިއްކާނެ ޕަމްޕެއް އަދި ތެޔޮވެސް ނެތެވެ. މިހާރު ޣައްޒާގައިވާ 1,000 އަށްވުރެ ގިނަ ކޭމްޕުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ތިބީ ފިނި މޫސުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.













