Tuesday, 17 November 2026
Ads by

ތުރުކީއިން މައްކާ ދިފާޢީ އެއްބަސްވުން ރަސްމީކޮށް ތަޞްދީޤުކޮށްފި

ތުރުކީއިން މައްކާ ދިފާޢީ އެއްބަސްވުން ރަސްމީކޮށް ތަޞްދީޤުކޮށްފި

2026 އޯގަސްޓު 7 ގައި، މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރައީސް ރަޖަބް ޠައްޔިބު އަރްދުޣާން، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް. (އަލް ޖަޒީރާ)

ސަޢޫދީ އަރަބިއްޔާއާއި ޕާކިސްތާނާއެކު ވެވިފައިވާ ”މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް“ ތުރުކީގެ ބަރުލަމާނުން ރަސްމީކޮށް ތަޞްދީޤުކޮށްފިއެވެ.

Ad Image
Ads by

ބުރާސްފަތި ދުވަހު ތުރުކީގެ ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި، މި އެއްބަސްވުން ފާސްވެފައިވަނީ 279 ވޯޓުންނެވެ. އެއްބަސްވުމާ ދެކޮޅަށް 119 މެންބަރުން ވޯޓުދިން އިރު، ވޯޓުގައި ޖުމްލަ 398 މެންބަރުން ބައިވެރިވިއެވެ. މިއީ އޮގަސްޓް 7 ގައި މައްކާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަރްދޮޣާން، ސަޢޫދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރި އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ބައިވެރިވާ ޤައުމެއްގެ އިސްތިޤްލާލަށާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް ”ބޭނުންވިކޮންމެ ވަޞީލަތެއް“ ބޭނުންކުރުމަށް އިޤްރާރުވެއެވެ.

އެއް ޤައުމަކަށް ދެވޭ އަސްކަރީ ޙަމަލާއަކީ ތިން ޤައުމަށްމެ ދެވޭ ޙަމަލާއެއްގެ ގޮތުގައި ބަލައި، ހަމަލާރައްދުވާ ޤައުމަކަށް އެހެން ޤައުމުތަކުން ވަގުތުން އަސްކަރީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ.

ޔަމަންގެ ޙޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، ތުރުކީގެ ސިފައިންނާއި ދިފާޢީ ވަސީލަތްތައް ސަޢޫދީއަށް ފޮނުވުމުގެ ޤާނޫނީ ހުއްދަ ތުރުކީ ސަރުކާރަށް މިހާރު ވަނީ ލިބިފައެވެ. މިއީ ސަޢޫދީގެ މާލީ ބާރާއި، ޕާކިސްތާނުގެ ނިއުކްލިއަރ/އަސްކަރީ ބާރާއި، ތުރުކީގެ ނޭޓޯ ފެންވަރުގެ ޓެކްނޮލޮޖީއާއި ދިފާޢީ އުފެއްދުންތެރިކަން އެއްކޮށްލި ވަރުގަދަ ސަރަޙައްދީ އިއްތިހާދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި