އީރާނާއެކު ދެކެވޭ ސިޔާސީ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެޖެނަމަ، އީރާނުގެ ބާކީ އޮތް އަސްކަރީ އަދި އިޤްތިޞާދީ ވަސީލަތްތައް ”މުޅިން ހަލާކުކޮށްލަން“ އެމެރިކާއަށް ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދީފިއެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ”އަހަރެން ބޭނުމެއް ނޫން އީރާނުގެ ބާކީ އޮތް ބައި ހަލާކުކޮށްލާކަށް، ނަމަވެސް މަޖުބޫރުވެއްޖެނަމަ އެކަން ކުރާނަން. އަހަރެން އަޅާނެ ފިޔަވަޅެއް ވަރަށް އަވަހަށް އެނގިގެންދާނެ،“ ކަމަށެވެ. އަދި މިހާތަނަށް ދެވިފައިވާ ޙަމަލާތަކުގެ ސަބަބުން އީރާން އަލުން އާރާސްތުކުރުމަށް 25 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕްގެ ވަރުގަދަ ބަޔާންތަކާއެކުވެސް، ޤަޠަރު މެދުވެރިކޮށް އީރާނުން ފޮނުވާފައިވާ ނިއުކްލިއަރ އަދި ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުމެއް އެމެރިކާއިން ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް، އީރާނުން ބުނަމުންދަނީ ހޮރްމުމޫޒް ކަނޑުއޮޅި ހުޅުވާލެވޭނީ އީރާނުގެ 7 ޝަރުޠު އެމެރިކާއިން ފުރިހަމައަށް ޤަބޫލުކުރުމުން ކަމަށެވެ.













