އީރާނުގެ ހަނގުރާމައާއި ތެލުގެ އަގު މައްޗަށް ދިއުމަކީ އެމެރިކާގެ މިޑްޓަރމް އިންތިޚާބުން ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީގެ މައިގަނޑު ސަބަބު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެއްބަސްވެއްޖެއެވެ.
Donald Trump admits the Iran war was to blame for the Republicans' midterm defeat. He adds that if he had to do it again, he would, as he won't let "Iran have a nuclear weapon".
Latest updates: https://t.co/GWWiKgSJE4 pic.twitter.com/9wkgNz7DxN
— Sky News (@SkyNews) November 4, 2026
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ، އީރާނު ހަނގުރާމައިގެ ސަބަބުން ވަގުތީގޮތުން ތެލުގެ އަގު މައްޗަށް ދިއުމަކީ އިންތިޚާބަށް ބޮޑު އަސަރެއް ކުރި ކަމެއް ކަމަށެވެ. ނަމަވެސް، އަލުން ނިންމުމެއް ނިންމަން ޖެހުނަސް ނިންމާނީ އެގޮތަށް ކަމަށާއި، ”އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ހޯދުމުގެ ފުރުޞަތު ނުދެވޭނެ“ ކަމަށް ޓްރަމްޕު ބުންޏެވެ. އަދި އީރާނުގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް ހަލާކުކޮށްލެވި، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން އަލުން ފެށިފައިވާ ކަމަށް އޭނާ ދަޢުވާކުރިއެވެ.













