Monday, 9 November 2026
Ads by

ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި

ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލައިގެ މައުލޫމާތު، ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކަށާއި އެމްބަސީތަކަށް ރަސްމީކޮށް ހިއްސާކޮށްފިއެވެ.

Ad Image
Ads by

ޚާރިޖީ ވުޒާރާއިން ފޮނުވި ”އިންފޮމޭޝަން ނޯޓު“ގައިވާ ގޮތުން، ޝާހިދު ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކާ މެދު ޖިންސީ ކުށެއް ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާކަން ވެސް އެ ނޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި އާންމުކޮށްފައި ނުވި ނަމަވެސް، ޖިނާއީ ތަޙުޤީޤު ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީގެ ނޯޓުގައި ބުނެފައިވެއެވެ.

އެ ނޯޓުގައި އިތުރަށް ބުނެފައި ވަނީ، ތަޙުޤީޤުގެ މަރުޙަލާއާއި ޝަރުޢީ އިޖުރާއާތުތަކުގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ހިމެނޭހެން، ޤާނޫނުއަސާސީން ލިބިދޭ އެންމެހައި ޙައްޤުތައް ޝާހިދަށް ކަށަވަރުކޮށްދެވޭނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ހުއްޓުވުމަށާއި، އަނިޔާލިބޭ ކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ރައްކާތެރިކުރުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އޮތްކަން ފާހަގަކޮށް، މައްސަލައިގައި ޝާމިލުވާ ކުއްޖާގެ ރައްކާތެރިކަމާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ކަމާބެހޭ އިދާރާތަކުން އިސްކަންދޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި