Tuesday, 17 November 2026
Ads by

ސަލާންޖެހުން ހުއްޓުވޭނީ އިޤްތިޞާދީ ފުދުންތެރިކަން ހޯދިގެން: ރައީސް

ސަލާންޖެހުން ހުއްޓުވޭނީ އިޤްތިޞާދީ ފުދުންތެރިކަން ހޯދިގެން: ރައީސް

އެހެން ފަރާތްތަކުގެ ކައިރީގައި ސަލާންޖަހަން ނުޖެހޭ ފަދަ އަމިއްލަ ފުދުންތެރި އިޤްތިޞާދެއް ބިނާކޮށްގެން މެނުވީ ޤައުމަކަށް ފުރިހަމަ މިނިވަންކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި ފަރުދަކަށް ވިޔަސް އަދި މުޅި ޤައުމަކަށް ވިޔަސް އަމިއްލަ މިނިވަންކަމާއެކު ބަސްބުނެ، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެވެނީ މާލީ އަދި އިޤްތިޞާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިގެން ކަމަށެވެ. އަދި ދަރަނިވެރިވެއްޖެ ހާލަތެއްގައި އަބަދުވެސް ތިބެންޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

1988 ނޮވެންބަރު ތިނެއްގައި ދިވެހިން ނުކުމެ ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޤައުމެއްގައި އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ ފަދަ އިޤްތިޞާދީ މިނިވަންކަމެއް ލިބިގެންނެވެ.

ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ނަމަވެސް ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ނަގާފައިވާ ދަރަނިތައް ދައްކަން ފެށުމުން ބަނގުރޫޓުވުމުގެ ބިރުން ޤައުމު ސަލާމަތްކުރެވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އަލުން ލިބެމުން އަންނަ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާސީ ތަޢައްޞުބާއި ޒާތީ އަރާރުންތަކަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި