Tuesday, 17 November 2026
Ads by

ނަޝީދުގެ ވިސްނުމާދެކޮޅަށް އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ނިންމައިފި

ނަޝީދުގެ ވިސްނުމާދެކޮޅަށް އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ނިންމައިފި

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މަޝްރޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް، އެމަނިކުފާނުގެ ވިސްނުމާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ”ނޫނެކޭ“ ބުނެ، އެ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި މަގުމައްޗަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.

Ad Image
Ads by

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހެޅުއްވި މި ގަރާރަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ތާއީދު ކުރެއްވިއިރު، މި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ސަރީހަ ވޯޓުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ޖަލްސާގެ ރިޔާސަތުގައި ހުންނަވައިގެން ރައީސް ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ހުއްޓުވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، ޖަލްސާގައި ވާހަކަދެއްކެވި އެހެން މެންބަރުން ވަނީ އެމަނިކުފާނުގެ ވިސްނުމާ ދެކޮޅަށް، އެ މަޝްރޫއާ ދެކޮޅަށް ވަކާލާތު ކުރައްވާފައެވެ.

ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، މި މަހުގެ 17 ވަނަ دުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެއަށް އެއްވެ، ސިލްސިލާ މުޒާހަރާތަކުން މަގުތައް ފުރާލަންޖެހޭ ކަމަށެވެ. އަދި މި އިހުތިޖާޖުތައް އިންތިޒާމުކުރުމަށް ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއްގެ ތެރެއިން ހިންގާ ކަމެކެވެ. ބަޖެޓުގައި ނެތް ހަރަދުތަކެއް އޮޅުވާލައިގެން ކުރަމުން ގޮސް، ރައްޔިތުންގެ ފައިސާއިން 800 މިލިއަން ޑޮލަރާ ހަމައަށް އެ ތަނަށް ހަރަދުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ބިމެއް އެކުއިޒިޝަން ކޮސްޓެއް ނުލިބޭ ގޮތަށް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއުން ގައުމަށް ފައިދާވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި