Sunday, 1 November 2026
Ads by

މަސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މަސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މި އަހަރު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ހާއްސަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

Ad Image
Ads by

މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އިއުލާނެއްގައި ވިދާޅުވީ، މި އެވޯޑުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 12:00 އާ ހަމައަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ކުރިން އޮތްގޮތުން އެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.

މި އަހަރުގެ އެވޯޑު ދިނުމަށް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އޭގެ ތެރޭގައި އެހެން އަހަރުތަކާ ހިލާފަށް ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުން، މިފަހަރު ވަނީ އަންހެން ކެޔޮޅުންނާއި މަސްވެރިންނަށް ވެސް ހާއްސަ ފުރުސަތެއް ތަނަވަސްކޮށްދީފައެވެ.

މިގޮތުން އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކަކީ:

  1. އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް):މަސްވެރިކަމުގައި އަމަލީގޮތުން މިހާރުވެސް ހަރަކާތްތެރިވާ، އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް.
  2. އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި): މިހާރު ވެސް އަމަލީ ގޮތުން ދާއިރާގައި މަސައްކަތްކުރާ، އަދި މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް އާމްދަނީ ހޯދަން ނުކުރާ ފަރާތްތަކަށް.
  3. ހިދުމަތްތެރި ފަރުމަސްވެރިޔާ: އާމްދަނީ ހޯދުމުގެ މައިގަނޑު ވަސީލަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް.
  4. ހިދުމަތްތެރި އަންހެން މަސްވެރިޔާ: މަސްވެރިކަމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވެ، އާމްދަނީ ހޯދުމަށް އެ މަސައްކަތްކުރާ އަންހެނުންނަށް.

މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތްތަކުން ވެސް ޝަރުތުހަމަވާ ފަރާތްތަކުގެ ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމުތައް ވުޒާރާގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ފުރިހަމަކޮށްފައިވާ ފޯމުތައް fisheriesmanagement@fishagriocean.gov.mv އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Masdhoani
މަސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
download - 2026-11-01T154938
ޒުވާން ވިޔަފާރިވެރިންނަށް ދޫކުރާ ފައިނޭންސިންގެ ދެވަނަ ފިޔަވަހި ފަށައިފި
plcs
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Screenshot
އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި