Sunday, 1 November 2026
Ads by

އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި

އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި

އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަމިއްލަ ސިއްހީ މަރުކަޒުތަކުން އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގަން ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި އުސޫލުގައިވާ ގޮތުން މި ފީ ނަގާނީ އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ. ނަމަވެސް ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.

މީގެއިތުރުން ސަރުކާރުގެ ފެސިލިޓީތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމައަށް އާސަންދައިގެ ހިދުމަތް ލިބޭނެއެވެ.

މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ގައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމުގެ ގޮތުން ބައެއް ދާއިރާތަކުގެ މުވައްޒަފުން ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ. އެގޮތުން އިސްތިސްނާވަނީ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުންނެވެ.

ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އަދި ސަލާމަތްކުރެވޭ ފައިސާ ހޭދަކުރާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީއަށް ކަމަށް ސަރުކާރުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި