ގައުމީ ވޮލީބޯލް މުބާރާތުގެ ފައިނަލަށް ކުލަބް އެމްޓީސީސީ ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލްގައި އެމްޓީސީސީއާއިއެކު ވާދަކުރަނީ މީގެ ކުރިން އެޓީމުގެ މައްޗަށް 1-3 އިން ކުރި ހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ކްލަބު ވެމްކޯ އާއެވެ.
ސޯޝަލް ސެންޓަރުގައި ހުރާ ކޮމިއުނިޓީ ކްލަބާއި އެމްޓީސީސީ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗު ވަނީ ފަސް ސެޓަށް ގޮސްފައެވެ.
މެޗުގެ ފުރަތަމަ ސެޓު 21-25 އިން އެމްޓީސީސީން ކާމިޔާބުކުރި އިރު، ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ދެވަނަ ސެޓު 20-25 އިން ގެންގޮސްފައެވެ. އަދި ތިން ވަނަ ސެޓުގައި އެމްޓީސީސީން ކުޅުން ރަނގަޅުކޮށް، 25-22 އިން ސެޓު ކާމިޔާބުކުރި އިރު، ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ހަތަރުވަނަ ސެޓު 24-26 އިން ކާމިޔާބުކޮށް ފަސްވަނަ ސެޓަށް މެޗު އަނބުރާލާފައެވެ. މެޗުން މޮޅުވެ ފައިނަލްގެ ޖާގަ އެމްޓީސީސީން ކަށަވަރު ކުރީ ފަސްވަނަ ސެޓު 15-17 އިން ކާމިޔާބުކޮށްގެންނެވެ.
މި މެޗަށްފަހު، މުބާރާތުގެ ތިންވަނައަށް ހޮވުނު ހުރާ ކޮމިއުނިޓީ ކުލަބަށް ވަނީ މެޑަލް ހަވާލުކޮށްފައިވެއެވެ.









