Sunday, 1 November 2026
Ads by

ސަޢޫދީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް 6 ޙަމަލާއެއް ދީފިން: ހޫޘީން

ސަޢޫދީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް 6 ޙަމަލާއެއް ދީފިން: ހޫޘީން

2026 އޮކްޓޯބަރު 29 ގައި ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި، ވައިގެ ބަނދަރުތަކަށާއި އަސްކަރީ ބޭހަކަށް 6 ޙަމަލާއެއް ދީފައިވާ ކަމަށް ޙޫޘީ ބާރުތަކުން ދަޢުވާކުރިއިރު، އިއްތިހާދުން ކަށަވަރުކޮށްދީފައިވަނީ ރިޔާޟު މަތިން ހުރަސްއަޅައި ވައްޓާލެވުނީ 2 ޙަމަލާއެކެވެ. (އަލްޖަޒީރާ)

ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ މައި ކާރުޚާނާތަކަށާއި، ބައިނަލްއަޤްވާމީ އެއާޕޯޓުތަކުގެ އިތުރުން އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް 6 ޙަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫޘީ ޖަމާޢަތުން ދަޢުވާކޮށްފިއެވެ.

Ad Image
Ads by

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިރުމަތީ ޕްރޮވިންސްގައިވާ ރައުސް ތަނޫރާ އަދި އަބްޤައިޤް ގައިވާ އަރާމްކޯގެ ފެސިލިޓީތަކަށާއި، ރަތްކަނޑުގެ އައްސޭރިފަށުގައިވާ ރާބިޣް ތެޔޮ ރިފައިނަރީއަށެވެ. މީގެ އިތުރުން ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށާއި، ދައްމާމުގެ ކިންގް ފަހުދު އިންޓަރނޭޝަނަލް އެއާޕޯޓަށް އަދި ނަޖްރާންގައިވާ ސަޢޫދީގެ އަސްކަރީ ކޮމާންޑް ސެންޓަރަށް ޙަމަލާ ދީފައިވާނެކަމަށް ޔަހްޔާ ސަރީއު ދަޢުވާކޮށްފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މި ފެސިލިޓީތަކަށް ސީދާ ހަމަލާއެއް އެރިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ސަޢޫދީ ކޯލިޝަނުން ވަނީ ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލަކާއި، އިރުމަތީ ޕްރޮވިންސްއަށް ފޮނުވާލި މިސައިލެއްގެ އިތުރުން މައްކާ ސަރަޙައްދަށް އަމާޒުކުރި ޑްރޯނެއް ވައިގެ ތެރޭގައި ވައްޓާލިކަމަަށް ބުނެފައެވެ. ރިޔާޟަށް ވެއްޓުނު މިސައިލް އެތިކޮޅުތަކުގެ ސަބަބުން އާންމުންގެ މީހަކަށް އަނިޔާވެ، ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި