Sunday, 1 November 2026
Ads by

ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި

ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި

ސަލަފު ޖަމިއްޔާގެ ބައެއް އިލްމްވެރިން ---

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ދިވެހި މުޖުތަމައުގެ އިސްލާމީ އަދި ގައުމީ އުސޫލުތައް ހިމާޔަތްކުރުމަށް ގޮވާލައި ބަޔާނެއް ނެރުމާ ގުޅިގެން ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންނަށް މީސްމީޑިއާގައި މަރުގެ އިންޒާރުދީ އަބުރަށް އަރައިގަންނަން ފަށައިފިއެވެ.

Ad Image
Ads by

އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވާ އެ ޖަމިއްޔާގެ އިލްމުވެރިންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އިންތިހާއަށް ހުތުރު ބަސްތައް ބޭނުންކޮށް، ޖިސްމާނީ އަނިޔާދިނުމަށާއި ރަށްރަށުން ފަހާލުމަށް ވެސް ގޮވާލަމުންނެވެ.

މި ނުރައްކާތެރި އިންޒާރުތަކާއި ފުރައްސާރަތައް ކުރިމަތިވާން ފެށީ ރަސްމާލޭގެ ”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ މަޝްރޫއު އެކަށައެޅުމުގައި އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުން ހިމެނޭހެން އަށް ކަމަކަށް ރިއާޔަތްކުރުމަށް ސަލަފުން އިލްތިމާސްކުރުމާ ގުޅިގެންނެވެ. އެ ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ބައެއް މީހުން ވަނީ އިލްމުވެރިންގެ ތުނބުޅިތަކުގައި ރޯކޮށްލުމަށާއި، އެބޭފުޅުންގެ އިތުބާރު ގެއްލުވާލުމުގެ ގޮތުން ރިޝްވަތު ނަގާކަމުގެ ތުހުމަތުތައް ވެސް އަޅުވާފައެވެ.

މި މަޝްރޫއާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން އެ ތަނުގައި ޔަހޫދީން ވަޒަންވެރިކުރުވަފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން މުޅިން ދޮގުކުރައްވާފައެވެ. ސަރުކާރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ތަނުގައި ދިރިއުޅޭނީ މުޅިންވެސް ދިވެހިންނާއި މުސްލިމުން ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް އެތަނުން ތަނެއް ގަތުން ނުވަތަ ހޯދުން ގާނޫނީގޮތުން މަނާވާނެއެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ދޫކުރެވޭނީ 99 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ތަންތަން އަނބުރައި ދިވެހި ދައުލަތަށް ވިއްކާލަންޖެހޭ ގޮތަށް އުސޫލުތައް ބައްޓަންކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
1 ދުވަސް ކުރިން

99 އަހަރަށް ފަހު ދިވެހި ދައުލަތަށް ވިއްކުން ބަލައިނުގަންނަން. އެއްވެސް އަގަކާއި ނުލައި ދިވެހި ދައުލަތަށް ހަވާލުކުރަން ޖެހޭނެ.

Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya