Sunday, 1 November 2026
Ads by

ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ

ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ

ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ---

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމުން އަސްކަރީ ހެލިކޮޕްޓަރެއްގައި ޤައުމު ދޫކުރައްވައި ފިއްލެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ގައުމުގެ އެއާފޯސްގެ ކުރީގެ އޮފިސަރު، ނުބައި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ad Image
Ads by

ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 28 އަހަރުގެ ކޭ.އެމް ތަޙްސީފް ސޫރީއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ވެރިރަށް ޑާކާގެ އުއްތަރުޚާން ސަރަޙައްދުގައި އޮންނަ ތުރާގް ކޯރުގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ ކާކުކަން ދެނެގަނެވުނީ ޖީބުގައި އޮތް އައިފޯނާއި އަތުގައި އަޅާފައި އޮތް ގަޑީގެ އެހީގައެވެ.

ތަޙްސީފްގެ އާއިލާއިން ހާމަކުރި ގޮތުގައި، އޭނާ ގެއްލުނީ މަންމައާއެކު ބާޒާރުކުރަން ގޮސް އުޅުމަށްފަހު، ރަޙުމަތްތެރިއަކު ގުޅައިގެން ބޭރަށް ދިޔަ ފަހުންނެވެ. ދަންވަރު 1:35 ހާއިރު ގެއަށް އަންނަ ކަމަށް ބުނެ މެސެޖު ކުރުމަށްފަހު އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ ބައްޕަ އެނާޔަތުލް ކަރީމް ބުނެފައިވަނީ، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ސަރަޙައްދަށް އޭނާ ދާންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ތަޙްސީފްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލި، އެކި ގޮތްގޮތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިލާންޖެހުނު ކަމަށްވެސް އާއިލާއިން ބުނެއެވެ. މީގެ އިތުރުން އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ) އަށް މަސައްކަތްކުރާ މީހެއް ކަމަށް ބުނެ ނޫހަކުން ފެތުރި ޚަބަރަކާ ގުޅިގެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން އަދި ނިންމާފައި ނުވާއިރު، އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޝަހީދު ސުހްރަވަރްދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވުމުގެ މަދު މަސްތަކެއް ކުރިން ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ގައުމަށްޓަކައި ގުރުބާންވުމަކީ ފަޚުރެއް ކަމަށް ބުނެފައިވާ ތަޙްސީފްގެ މަރާއެކު، ބަންގްލަދޭޝްގައި އާންމުންގެ ރައްކާތެރިކަމާމެދު އަނެއްކާވެސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި