Sunday, 1 November 2026
Ads by

ޣައްޒާގެ ކޭމްޕްތަކުގައި ތިބި ފަލަސްޠީނު އާއިލާތަކުން ވާރެޔާއި ފެންބޮޑުވުމުގެ 4 ވަނަ ފިނި މޫސުމާ ކުރިމަތިލަނީ

ޣައްޒާގެ ކޭމްޕްތަކުގައި ތިބި ފަލަސްޠީނު އާއިލާތަކުން ވާރެޔާއި ފެންބޮޑުވުމުގެ 4 ވަނަ ފިނި މޫސުމާ ކުރިމަތިލަނީ

ޣައްޒާގެ ހަތަރުވަނަ ރެފިއުޖީ ފަތިސް ވަގުތާ ކުރިމަތިލާންވާއިރަށް، މުޙައްމަދު އަލް-ޖަމާލް އޭނާގެ ޢާއިލާގެ ބާވެފައިވާ ފޭލިގެ ރައްކާތެރިކުރުމަށް މަސައްކަތްކުރަނީ. [ޢަބްދުލްޙަކީމް އަބޫ ރިޔާޝް/އަލްޖަޒީރާ]

ޣައްޒާގެ ހުޅަނގު އައްސޭރިފަށުގެ އަތިރިމަތީގައި ޖަހާފައިވާ ވަގުތީ ކޭމްޕްތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ އެތައް ހާސް އާއިލާތަކަކުން، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ވާރެޔާއި ވަޔާއި ފެންބޮޑުވުމުގެ 4 ވަނަ ފިނި މޫސުމާ ކުރިމަތިލާން ތައްޔާރުވަމުންދެއެވެ.

Ad Image
Ads by

ޣައްޒާ ސިޓީގެ ހުޅަނގު އަތިރިމަތީ ކޭމްޕެއްގައި ދިރިއުޅޭ އުމުރުން 60 އަހަރުގެ މުޙައްމަދު އަލް-ޖަމާލްއާއި އޭނާގެ ފިރިހެން ދަރިން ދަނީ ކަނޑުން އަންނަ ވަޔާއި ވާރޭއިން ރައްކާތެރިވުމަށްޓަކައި، އެމީހުންގެ ބާވެފައިވާ ޓެންޓުގެ ނައިލޯން ތާރުޕާލުތައް ބިމުގައި ހިފެހެއްޓޭތޯ މަސައްކަތްކުރަމުންނެވެ. މިއީ ގެދޮރުން ނެރެލާފައިވާ ފަލަސްޠީނު ރައްޔިތުން އެކަށީގެންވާ ހިޔާވަހިކަމެއް ނެތި ފިނި މޫސުމަކާ ކުރިމަތިލާ 4 ވަނަ އަހަރެވެ.

ފިނިމޫސުމުގައި ފިނިހޫނުމިން 7 ޑިގްރީ ސެލްސިއަސް (45 ޑިގްރީ ފަރަންހައިޓް) އަށް ވެއްޓިގެންދާއިރު، ކަނޑުން އަންނަ ގަދަ ވަޔާއި ވާރޭގެ ސަބަބުން އިޙްސާސްކުރެވޭ ފިނިކަން މިއަށްވުރެ މާ ބޮޑެވެ. ”އަޅުގަނޑުމެން ދަނީ ފެނާއި ވަޔާއި ދެކޮޅަށް ރައްކާތެރިވުމަށް ވެވުނު މިންވަރަކުން ތައްޔާރުވަމުން. ނަމަވެސް ވިލާގަނޑާއި ތޫފާން އައުމުން ޓެންޓުތައް ވީދައިގެންގޮސް، އަނެއްކާވެސް ޖެހެނީ އަލުން ފަށަން. މިއީ މުޅި ފިނިމޫސުމުގައި ކުރިމަތިވާ ނިމުމެއްނެތް ތަކްލީފެއް،“ އަލް-ޖަމާލް ބުންޏެވެ.

އަނިޔާވެރި އިސްތިއުމާރީ ޒަޔަނިސްޓު ވެރިކަމުން ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރުން ހިފަހައްޓާފައިވާތީ، ފިނިމޫސުމަށް ބޭނުންވާ ވަރުގަދަ ޓެންޓުތަކާއި ހީޓަރުތައް އަދި ތަރުފާލު އެތެރެކުރެވޭގޮތެއް ނުވެއެވެ. މީގެ ސަބަބުން ޣައްޒާގެ އެތައް މިލިއަން ރައްޔިތުން އަނެއްކާވެސް ވާރޭގެ ފެންބޮޑުވުމާއި، ގަދަ ފިނީގެ ނުރައްކަލަށް ވަނީ ހުށައެޅިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި