Sunday, 1 November 2026
Ads by

ޒުވާން ވިޔަފާރިވެރިން ކުރިއަރުވަން ސްޓާޓަޕް ފަންޑެއް އެކުލަވާލަނީ

ޒުވާން ވިޔަފާރިވެރިން ކުރިއަރުވަން ސްޓާޓަޕް ފަންޑެއް އެކުލަވާލަނީ

ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދަން އުޅޭ ބައެއްގެ ބަދަލުގައި، އަމިއްލައަށް ވަޒީފާގެ ފުރުޞަތުތައް އުފައްދާ ބަޔަކަށް ހެދުމުގެ އަމާޒުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްޞަ ސްޓާޓަޕް ފަންޑެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ފަންޑަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ އައު ޖީލެއް ބިނާކުރުމަށް އެޅޭ ނުހަނު ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވައި، ކޮންމެ ކުދި ވިޔަފާރިއެއްގެ ފަހަތުގައި ހުރީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމުގެ އަޒުމުގައި މަސައްކަތްކުރާ ދިވެހި ދަރިއެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކާއި ޓެކުހުގެ ބުރަ ލުއިކޮށްދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި، މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބި، އިޤްތިޞާދުގައި އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

މީގެއިތުރުން، މާލެ ފިޔަވައި އެހެން ސަރަޙައްދުތަކުގައި އިޤްތިޞާދީ ދިރުން އުފައްދައި، ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ”އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން“ ޤާއިމުކުރުމުގެ މަޝްރޫޢު ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި ޒޯނުގެ ދަށުން ވިޔަފާރިވެރިންނަށް ލިބޭނެ ޚާއްޞަ އިނާޔަތްތަކުގެ ތެރޭގައި:

  • ސަރުކާރުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ބިމު ކުލި އެއްކޮށް މަޢާފުކޮށްދިނުން.
  • ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދެއްކުމުން އިސްތިސްނާވުން.
  • ބޭރުގެ މުވައްޒަފުންގެ ކޯޓާގެ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ދިނުން.
  • ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ މަޢާފުކޮށްދިނުން.

 

ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބި، ޤައުމުގެ އިޤްތިޞާދު އިތުރަށް ހަލުވިވެ، އަތޮޅުތަކުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
plcs
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Screenshot
އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި