Sunday, 1 November 2026
Ads by

ސަޢޫދީގެ ދިފާޢީ ވުޒާރާއާއި، އެއަރޕޯޓްތަކުގެ އިތުރުން ރާސް ތަނޫރާ ތެޔޮ ކާރުޚާނާއަށް ޙަމަލާދީފިން: ޙޫޘީން

ސަޢޫދީގެ ދިފާޢީ ވުޒާރާއާއި، އެއަރޕޯޓްތަކުގެ އިތުރުން ރާސް ތަނޫރާ ތެޔޮ ކާރުޚާނާއަށް ޙަމަލާދީފިން: ޙޫޘީން

2026 ސެޕްޓެމްބަރު 19 ގައި، ސަޢުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓް ތެޔޮ ރައްކާކުރާ ސަރަޙައްދުން ބޯކޮށް ކަޅު ދުން އަރަމުންދާ މަންޒަރު. (ރޮއިޓާސް)

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިފާޢީ ވުޒާރާގެ އިމާރާތާއި، ޤައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ހިމެނޭގޮތަށް މުހިންމު 5 ސަރަޙައްދަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައިވާކަމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދަޢުވާކޮށްފިއެވެ.

Ad Image
Ads by

ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނިގޮތުގައި، ސަޢޫދީގެ ދިފާޢީ ވުޒާރާގެ މައި އިމާރާތަށާއި، އިރުމަތީ ޕްރޮވިންސްގައިވާ ރާސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ބެލިސްޓިކް މިސައިލުން ވަނީ ޙަމަލާދީފައެވެ. މީގެ އިތުރުން އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޑްރޯން ޙަމަލާއެއް ދީފައިވާއިރު، ނަޖްރާން އެއަރޕޯޓަށާއި ޚަމީސް މުޝައިތުގައިވާ ކިންގް ޚާލިދު އެއަރބޭސްގައި ހުރި އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށްވެސް ބެލިސްޓިކް މިސައިލް ވަނީ ފޮނުވާލާފައެވެ.

އަސްކަރީ ޙަމަލާތަކުގެ އިތުރުން، ރަތްކަނޑުގެ މަގުތައް ގުޅޭ ބާބު އަލް-މަންދަބް ކަނޑުއޮޅި ކައިރިން ސަޢޫދީއަށް ތާޢީދުކުރާ ބާރުތަކުން ކުރިއަރަން އުޅުނު އުޅުން ނާކާމިޔާބުކޮށްލާފައިވާކަމަށްވެސް ޙޫޘީން ވަނީ ދަޢުވާކޮށްފައެވެ.

ޙޫޘީންގެ މި ދަޢުވާތަކާ ގުޅިގެން ސަޢޫދީ ސިވިލް ޑިފެންސުން ވަނީ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ބައެއް ޢިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުންވެފައިވާކަމަށް ސަޢޫދީން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ސަޢޫދީ އިސްވެއޮންނަ ކޯލިޝަނުން ވަނީ ޙޫޘީން ފޮނުވާލި އިތުރު 7 ވައިގެ ޙަމަލާއެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި