Tuesday, 17 November 2026
Ads by

އިންޑިއާ އިސްތިއުމާރުކޮށްފައިވާ ކަޝްމީރުގައި ދިރިއުޅޭ ރޮހިންގްޔާ މުސްލިމުންގެ ގެދޮރު ހުސްކުރުމަށް ޢަމުރުކޮށްފި

އިންޑިއާ އިސްތިއުމާރުކޮށްފައިވާ ކަޝްމީރުގައި ދިރިއުޅޭ ރޮހިންގްޔާ މުސްލިމުންގެ ގެދޮރު ހުސްކުރުމަށް ޢަމުރުކޮށްފި

ކޯޓުގެ އަމުރަކާ ގުޅިގެން، އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ކަޝްމީރުގައި ދިރިއުޅެމުންދާ ރޮހިންގާ ދަރިކޮޅުގެ ރެފިއުޖީން، އެ މީހުންގެ ގެދޮރު އަމިއްލައަށް ނައްތާލަން މިއަދު މިވަނީ މަޖުބޫރުވެފައިވާ ކަމަށް ބުނެފި. އެ ސަރަޙައްދުގައި އެތައް އަހަރެއް ސުލްޙަވެރިކަމާއެކު ދިރިއުޅެމުންދާ މި ނިކަމެތި މުސްލިމުން، އަނބުރާ އަނިޔާވެރި ބުރުމާ ބުދިސްޓު ވެރިކަމުގެ ދަށަށް ފޮނުވާލަފާނެ ކަމުގެ ބިރު ގިނަ މީހުންނަށް ވަނީ ހީވެފައެވެ. (ސްކްރީން ގްރެބް/ އަލްޖަޒީރާ/ އެކްސް)

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަޙައްދުތަކުގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ ގެދޮރު ހުސްކުރުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން، އެމީހުން އަމިއްލައަށް އެމީހުންގެ ވަގުތީ ގެތައް ތަޅާލަން ފަށައިފިއެވެ.

Ad Image
Ads by

ކަޝްމީރުގެ ޖައްމޫ ސަރަޙައްދުގައި ވަގުތީ ފްލެޓްތަކާއި ފެންކޯރުތައް ހަދައިގެން ދިރިއުޅޭ ރޮހިންގްޔާ އާއިލާތަކަށް ކޯޓުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަޙައްދުތައް ހުސްކުރުމަށް އަންގާފައެވެ. ސަރުކާރުން ބުލްޑޯޒަރު ބޭނުންކޮށްގެން ސާފުކުރުމުގެ ކުރިން، ހަލާކުނުވެ ހުރި ސާމާނު ސަލާމަތްކުރުމަށްޓަކައި އާއިލާތަކުން ދަނީ އަމިއްލައަށް ލަކޑިއާއި ތާރުޕާލުން ހަދާފައިވާ ގެތައް ރޫޅަމުންނެވެ.

10 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ސަރަޙައްދުގައި ދިރިއުޅުނު ނަމަވެސް، ގެދޮރު ގެއްލުމުގެ އިތުރުން އެމީހުން އަނބުރާ މިޔަންމާއަށް ފޮނުވާލަފާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން ދަނީ ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ނަސްލުހޭދު ހިންގަމުންނެވެ

އިންޑިއާއަކީ 1951 ގެ ރެފިއުޖީ ކޮންވެންޝަންގައި ބައިވެރިވާ ޤައުމަކަށް ނުވާތީ، އިންޑިއާގެ ސަރުކާރުން ރޮހިންގްޔާ މުސްލިމުން ބަލައިގަންނަނީ ”ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން“ ގެ ގޮތުގައެވެ. މީގެ ކުރިންވެސް ކަޝްމީރުގައި އުޅުނު އެތައް ސަތޭކަ ރޮހިންގްޔާ މުސްލިމުން ވަނީ ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި