Sunday, 1 November 2026
Ads by

އީރާނުގެ ސެކިއުރިޓީ ޗީފް ރެޟާއީ، ޙޫޘީންގެ ސަފީރާ ތެހެރާންގައި ބައްދަލުކޮށްފި

އީރާނުގެ ސެކިއުރިޓީ ޗީފް ރެޟާއީ، ޙޫޘީންގެ ސަފީރާ ތެހެރާންގައި ބައްދަލުކޮށްފި

އަންގާރަ ދުވަހު ތެހެރާނުގައި، އީރާނުގެ ޤައުމީ ސަލާމަތުގެ ވެރިޔާ މުޙްސިން ރިޒާއީ (ކަނާތްފަރާތުގައި) ޙޫޘީންގެ މަންދޫބު އިބްރާހީމް އަދު-ދައިލަމީ (ވާތްފަރާތުގައި) އާ ބައްދަލުކުރަނީ (ފޮޓޯ ކޮލާޖު)

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރެޟާއީ، ޔަމަނުގެ ޙޫޘީންގެ ސަފީރު އިބްރާހީމް މުޙައްމަދު އަލް-ދައިލަމީއާ ތެހެރާންގައި ބައްދަލުކޮށް، ޔަމަނުގެ ހަނގުރާމައިގެ މައިދާނާއި ސަރަޙައްދީ ސަލާމަތީ ކަންކަމާ މެދު މަޝްވަރާކުރައްވައިފިއެވެ.

Ad Image
Ads by

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ބައްދަލުވުމުގައި ރެޟާއީ ވަނީ ފަލަސްޠީނާއި ޣައްޒާގެ ދިފާޢުގައި އަދި އިޒްރޭލާ ދެކޮޅަށް ޙޫޘީން ކުރަމުންދާ ”ޝަރަފުވެރި“ ހަނގުރާމައަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ. އަދި ޔަމަނުގެ އަސްކަރީ މައިދާންތަކުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންކަމާ މެދު ދެފަރާތުން މަޝްވަރާކުރިއެވެ.

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ (މައްކާ ދިފާޢީ އިއްތިހާދު) ގެ އިސް ވަފުދާއެކު ތެހެރާންގައި ބޭއްވި 4 ފަރާތުގެ ބައްދަލުވުމަށް އަލިއަޅުވާލަމުން ރެޟާއީ ބުނީ، އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ސަރަޙައްދީ ޤައުމުތައް ގުޅިގެން ސަލާމަތީ ނިޒާމެއް އުފެއްދުމާއި، މެދުއިރުމަތީގައި ތިބި ބޭރުގެ (އެމެރިކާއާއި ހުޅަނގުގެ) އަސްކަރީ ބާރުތައް ސަރަޙައްދުން ބޭރުކުރުން ކަމަށެވެ.

ރެޟާއީ އިތުރަށް ބުނީ، މެދުއިރުމަތީގެ ޤައުމުތަކުގެ އެތެރޭގެ ކަންކަމަށް ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވާ ފޯރުވުން ހުއްޓުވައި، ސަރަޙައްދީ ސުލްޙަ ގާއިމުކުރެވޭނީ ސަރަޙައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-11-01T154938
ޒުވާން ވިޔަފާރިވެރިންނަށް ދޫކުރާ ފައިނޭންސިންގެ ދެވަނަ ފިޔަވަހި ފަށައިފި
plcs
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Screenshot
އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި