Sunday, 1 November 2026
Ads by

މޮސްކޯގެ ގޭސް ސަމިޓުގައި ޕޫޓިން، ޤަޠަރުގެ އަމީރާއި އީރާނުގެ ރައީސްއާ ބައްދަލުކޮށްފި

މޮސްކޯގެ ގޭސް ސަމިޓުގައި ޕޫޓިން، ޤަޠަރުގެ އަމީރާއި އީރާނުގެ ރައީސްއާ ބައްދަލުކޮށްފި

ރަޝިޔާގެ މޮސްކޯގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީއާ ބައްދަލުކުރަނީ. [އަނަދޮލޫ އެޖެންސީ މެދުވެރިކޮށް އީރާނުގެ ރިޔާސީ އޮފީސް]

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބާއްވާ ގޭސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ފޯރަމް (ޖީއީސީއެފް) ސަމިޓުގެ ހަވާސާގައި، ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއާއި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.

Ad Image
Ads by

އަންގާރަ ދުވަހު މޮސްކޯގައި ބޭއްވި 8 ވަނަ ޖީއީސީއެފް ސަމިޓުގައި ވާހަކަދައްކަމުން އީރާނުގެ ރައީސް ވަނީ، ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދިނުމާއި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައްެ އެޅުމަކީ ”އިޤްތިޞާދީ ޓެރަރިޒަމް“ ކަމަށް ސިފަކޮށްފައެވެ. ރައީސް ޕޫޓިންވެސް ވަނީ ހުޅަނގުގެ ފިޔަވަޅުތަކަށް ފާޑުކިޔައި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގޭސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ އެއްބާރުލުން މުހިންމުކަން ފާހަގަކޮށްފައެވެ.

ޕޫޓިންއާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ވަނީ އީރާނުގެ ރައީސް ޕެޒެޝްކިއާންއާއެކު ވަކިން ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ، އިޤްތިޞާދީ އަދި ހަކަތައިގެ ދާއިރާގެ ގުޅުންތައް ވަރުގަދަކުރުމާ މެދު މަޝްވަރާކުރިއެވެ.

ޤަޠަރަކީ އެމެރިކާއާއި އީރާނާ ދެމެދު ސުލްޙައިގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމަކަށްވާއިރު، ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ސުލްޙައިގެ މަޝްވަރާތައް ކާމިޔާބުކުރުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައި، އީރާނުން އިޚްލާޞްތެރިކަން ދެއްކުމަށް ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި