Sunday, 1 November 2026
Ads by

ފައްޅިއަށް ދިން ޙަމަލާގެ ބަދަލު ހިފުމަށް އުރުދުންގެ ރަސްކަމުން ސޫރިޔާއަށް ބޮންއެޅުމާއެކު، 3 ކުޑަކުދީން ހިމެނޭހެން 5 މުސްލިމުން ޤަތުލުވެއްޖެ

ފައްޅިއަށް ދިން ޙަމަލާގެ ބަދަލު ހިފުމަށް އުރުދުންގެ ރަސްކަމުން ސޫރިޔާއަށް ބޮންއެޅުމާއެކު، 3 ކުޑަކުދީން ހިމެނޭހެން 5 މުސްލިމުން ޤަތުލުވެއްޖެ

އުރުދުން ރަސްގެފާނު ފައްޅިއަށް ދިން ޙަމަލާގެ އަނިޔާ ލިބުނު ނަޞާރާ ދީނުގެ ފަރާތްތަކާ ބައްދަލުކުރުމަށްފަހު، އެ ޙަމަލާދިން ފަރާތްތަކުގެ މަޤާމްތަައް ކަމަށް ބުނެ ސޫރިޔާއަށް ދިން ޙަމަލާގައި މަދުވެސް 5 މުސްލިމުން، 3 ކުޑަކުދީން ހިމެނޭހެން ވަނީ ނިޔާވެފައެވެ. (ފޮޓޯ ކޮލާޖު)

އުރުދުންގެ އަލް-ކަރަކްގައި ހުންނަ އަޅުކަންކުރާ ތަނަކަށް ދިން ބަޑީގެ ޙަމަލާއަށް ރައްދުދިނުމުގެ ގޮތުން އުރުދުންގެ އަސްކަރިިއްޔާއިން ސީރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.

Ad Image
Ads by

ސޫރިޔާގެ ދެކުނުގެ ރަށްތަކަށް އުރުދުން ދިން މިވައިގެ ޙަމަލާތަކުގައި މަދުވެގެން 5 އާންމުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭ 3 ކުޑަކުދީންވެސް ހިމެނެއެވެ. ސޫރިޔާގެ ކުއްލި އެހީދޭ ފަރާތްތަކުން ދަނީ ޙަމަލާގައި ގެއްލުންވި ޢިމާރާތްތަކުގެ ދަށުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ހައިޑީ ޕެޓް ރިޕޯޓުކުރި ގޮތުގައި، އުރުދުންގެ އަސްކަރީ ބޯޓުތަކުން ސޫރިޔާގެ ދެކުނު ބޯޑަރު ސަރަޙައްދުގައިވާ ހަތިޔާރުއެޅި ގްރޫޕްތަކުގެ މަރުކަޒުތަކަށް ކަމަށް ބުނެ ވަނީ ޙަމަލާތަކެއް ދީފައެވެ. އުރުދުން ސަރުކާރުން ހާމަކުރިގޮތުގައި މިއީ ކަރަކްގެ ހައްމޫދް ޗާރޗަށް ދިން ޙަމަލާގައި 7 މީހުން މަރުވި ޙާދިސާއާ ގުޅިގެން ދިން ރައްދު ޙަމަލާތަކެކެވެ.

އުރުދުން އާއި ސޫރިޔާ ގުޅޭ ބޯޑަރުގައި މަސްރަޙު ގޯސްވެ، އުރދުން ސޫރިޔާގެ އެތެރެއަށް ވައިގެ ޙަމަލާތައް ދޭން ފެށުމަކީ މުޅި ސަރަޙައްދުގެ ސަލާމަތީ ޙާލަތު އިތުރަށް ގޯސްވެ، ދެޤައުމުގެ ބޯޑަރުގައި ހަނގުރާމައިގެ ނުރައްކާ ބޮޑުވެގެންދާނެ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
plcs
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Screenshot
އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި