Sunday, 1 November 2026
Ads by

އެމެރިކާގެ އިޤްތިޞާދީ ފިއްތުންތަކުން ސަލާމަތްވުމަށް އީރާނުން ކާބޯތަކެތީގެ ސަބްސިޑީ ’ކަލާބަރގް‘ ފުޅާކުރަނީ

އެމެރިކާގެ އިޤްތިޞާދީ ފިއްތުންތަކުން ސަލާމަތްވުމަށް އީރާނުން ކާބޯތަކެތީގެ ސަބްސިޑީ ’ކަލާބަރގް‘ ފުޅާކުރަނީ

އީރާނުގެ ވެރިރަށް ތެހެރާނުގެ ‘ވަލްޢަޞްރު ސްކޮއެއާ’ ގައި ހުންނަ، ދައުލަތުގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ބޮޑު ފާރު ކުރެހުމެއްގެ ކުރިމަތީގައި، އީރާނުގެ ދިދައެއް ވިހުރަމުންދާ ފިރިހެނެއް؛ އެ ފާރުކުރެހުމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތުންފަތް ހޮރްމޫޒް ކަނޑުއޮޅީގެ ނިޝާނަކުން ފަހާލާފައިވާ މަންޒަރާއި، 'އެޓް ދަ ބްރޭކިންގ ޕޮއިންޓް' ގެ ޝިޢާރެއް ހިމަނާފައިވޭ. (ޕޮލިޓިކޯ)

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި، އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކާބޯތަކެތީގެ ސަބްސިޑީ ޕްރޮގްރާމް ’ކަލާބަރގް‘ ފުޅާކުރުމަށް އީރާނު ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އައިއާރުއެންއޭ) އަށް މަޢުލޫމާތު ދެމުން ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ މައުލޫމާތު ބުނީ، ހުޅަނގުންނާއި އެމެރިކާއިން ކުރިމަތިކުރަމުންދާ އިޤްތިޞާދީ ފިއްތުންތަކަށް ރައްދުދިނުމަށްޓަކައި، އިންފްލޭޝަން ކޮންޓްރޯލްކުރުމުގެ އިތުރުން ’ކަލާބަރގް‘ އިލެކްޓްރޯނިކް ވައުޗަރ މެދުވެރިކޮށް އާންމުންނަށް ދޭ ކާބޯތަކެތީގެ ސަބްސިޑީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ބޭނުންތެރި ކާބޯތަކެތި ހެޔޮ އަގުގައި ގަތުމުގެ ފުރުޞަތު އާއިލާތަކަށް ލިބިގެންދާނެއެވެ.

އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާސާކުރާ ގޮތުގައި، 2026 ވަނަ އަހަރު އީރާނުގެ އިޤްތިޞާދު 6.1 އިންސައްތައިން ދަށަށް ދާނެއެވެ. އަދި އީރާނުގެ އަހަރީ އިންފްލޭޝަން (ތަކެތީގެ އަގު އުފުލޭ މިންވަރު) އެވްރެޖްކޮށް 68.9 އިންސައްތައަށް އަރާނެއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި އީރާނުގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު އެއް ލޮޅުމެވެ.

އީރާނުގެ ފައިސާގެ އަގު ވެއްޓި، ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، ސަރުކާރުން ސަބްސިޑީ އިތުރުކުރަން އުޅެނީ އާންމު ރައްޔިތުންގެ ނުރުހުން ބޮޑުވެ، އިޖްތިމާޢީ ހަމަނުޖެހުންތަކެއް އުފެދުމުން ސަލާމަތްވުމަށް ކަމަށް މާހިރުން

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި