Tuesday, 17 November 2026
Ads by

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މެންބަރަކު ހުށަހެޅުއްވި ކުއްލި މައްސަލަ، މަޖިލީހުން ބޭރުކޮށްލައިފިއެވެ.

Ad Image
Ads by

މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމާއި، ކެބިނެޓު މިނިސްޓަރުންނަށް ދޭ ކާރު އެލަވަންސް ބޮޑުކުރުމާއި، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ އިސްލާހުތަކެއް ފާސްކޮށްފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ކެންދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދީ ދަތިކަމާއި ދިރިއުޅުމުގެ ހަރަދު ބޮޑުވެ، އާދައިގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ މަތީ މަގާމުތަކުގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެ ނިންމުން ނިންމާފައި މިވަނީ، ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމަ މުސާރަ ނުލިބި ތިބިއިރު، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށްވެސް މައުރޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވެ، ބަޖެޓުގެ ދަރަނި 4.5 ބިލިއަން ރުފިޔާއަށް އަރާފައިވާ މި ދަނޑިވަޅުގައި މިފަދަ ނިންމުމެއް ނިންމުމަކީ އާދައިގެ ރައްޔިތުންނަށް ކުރިމަތިކުރާ ”ބޮޑު ނާއިންސާފެއް“ ކަމަށް މައުރޫފް ސިފަކުރެއްވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ މި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައްވާފައެވެ. ރައީސް އަބްދުލް ރަހީމް ވިދާޅުވީ، މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެ މިންގަނޑުތަކަށް ނުފެތޭ ކަމަށާއި، މާލިއްޔަތު ކޮމިޓީގެ މި ނިންމުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ހުށަހެޅޭނެތީ، އެކަމަކާ ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ، މަޖިލީހުގެ އެމްޑީޕީ މެންބަރުން ބަޔާނެއް ނެރެ، މާލިއްޔަތު ކޮމިޓީގެ ނިންމުން އަނބުރާ ގެންދަން ގޮވާލިތާ އެއް ދުވަސް ފަހުންނެވެ. އެމްޑީޕީން އޭރު ބުނީ، މި ނިންމުމުގެ ސަބަބުން ދައުލަތުގެ އަހަރީ ހަރަދަށް އިތުރު 40 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73,125 ރުފިޔާއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މުސާރަ 91,000 ރުފިޔާގައި ހުރިއިރު، ކޮމިޓީ އެލަވަންސްއާއެކު އެހެން މެންބަރުންނަށް 82,500 ރުފިޔާ ލިބެއެވެ. މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ނުއިށީނދެވޭތީ، އެހެން މެންބަރުންނާ އަޅާ ބަލާއިރު މުސާރައިގައި ތަފާތު ހުރެއެވެ. ކޮމިޓީތަކަށް 50-75 އިންސައްތައަށް ހާޒިރުވާ މެންބަރުންނަށް 10,000 ރުފިޔާގެ އެލަވަންސެއް ލިބޭއިރު، 75 އިންސައްތައަށްވުރެ ގިނައިން ހާޒިރުވާ މެންބަރުންނަށް 20,000 ރުފިޔާ ލިބެއެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 22,000 ރުފިޔާގެ އެލަވަންސެއް ދިނުމަށްފަހު، އެބޭފުޅާގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި