Sunday, 25 October 2026
Ads by

ކީމޯތެރަޕީގެ ވޭނާ ނުލައި ކެންސަރު ސެލްތައް ނައްތާލެވޭނެ އައު ފަރުވާއެއް ޖަޕާނުން ހޯދައިފި

ކީމޯތެރަޕީގެ ވޭނާ ނުލައި ކެންސަރު ސެލްތައް ނައްތާލެވޭނެ އައު ފަރުވާއެއް ޖަޕާނުން ހޯދައިފި

ކީމޯތެރަޕީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާއި ވޭނާ ނުލައި، ކެންސަރު ޓިއުމަރުތައް ސީދާ ނައްތާލެވޭނެ އައު ބެކްޓީރިއަލް ތެރަޕީއެއް ޖަޕާނުގެ ސައިންސްވެރިން ކާމިޔާބުކަމާއެކު ހޯދައިފިއެވެ.

Ad Image
Ads by

ޖަޕާން އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (JAIST) ގެ ޕްރޮފެސަރު އެއިޖީރޯ މިޔާކޯގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދިޔަ މި ދިރާސާ ޝާއިއުކޮށްފައިވަނީ މަޝްހޫރު ސައިންޓިފިކް ޖާނަލް ނޭޗާ ބަޔޯމެޑިކަލް އިންޖިނިއަރިންގައެވެ ގައެވެ.

”އޯން“ ގެ ނަމުން ނަންދީފައިވާ މި ފަރުވާގައި ބޭނުންކުރަނީ އެކަތި އަނެކައްޗަށް ބަރޯސާވެގެން ދިރިއުޅޭ ދެ ވައްތަރެއްގެ ބެކްޓީރިއާއެވެ. ހަށިގަނޑުގެ ތެރެއަށް މި ބެކްޓީރިއާ ފޮނުވާލުމުން، ސިއްހަތު ރަނގަޅު ސެލްތަކަށް އެއްވެސް ގެއްލުމެއް ނުދީ، ސީދާ ކެންސަރު އުފެދިފައިވާ ޓިއުމަރުތަކުގެ ތެރެއަށް ޖަމާވެއެވެ. އަދި ޓިއުމަރުގެ އެތެރޭގައި ހުންނަ މާއްދާތަކުގެ ސަބަބުން މި ބެކްޓީރިއާ ތޫނު ދިގު ކަށިތަކެއްގެ ސިފައަށް ބަދަލުވެ، ކެންސަރު ސެލްތައް ފޫއަޅުވާލައި، ޓިއުމަރަށް ލޭ ފޯރުކޮށްދޭ ހޮޅިތައް ހަލާކުކޮށްލައެވެ.

މި ފަރުވާގެ ތަހުލީލުތަކުން ދައްކާގޮތުގައި، ޕެންކްރިއަސް، ކޮލޮރެކްޓަލް އަދި އުރަމަތީގެ ކެންސަރު ހުރި ލެބޯޓްރީ މައުސްތަކަށް މި ފަރުވާ ދިނުމުން އެންމެ 5 ދުވަހާއި 6 ދުވަހުގެ ތެރޭގައި ޓިއުމަރުތައް އެއްކޮށް ވަނީ ނައްތާލެވިފައެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައިވެރިވުމެއް ނެތި ވެސް މި ފަރުވާއިން 100 އިންސައްތަ ކާމިޔާބީއެއް ހޯދިފައިވާކަމަށް ރިސާޗަރުން ފާހަގަކުރެއެވެ. މިއީ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކެންސަރު ބަލީގެ މީހުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު އުއްމީދެކެވެ.

މީގެ އިތުރުން ޖަޕާނުގެ ރިކެން (RIKEN) އިންސްޓިޓިއުޓާއި އޮކަޔާމާ ޔުނިވަރސިޓީ ފަދަ މަރުކަޒުތަކުން ވެސް އަންނަނީ ކީމޯތެރަޕީގެ ބޭސްތަކާ ނުލައި، އަލި އަޅުވައިގެންނާއި ސީދާ ކެންސަރު ސެލްގެ އެތެރޭގައި ބޭސް އުފައްދައިގެން ސެލްތައް މަރާލެވޭނެ އެހެނިހެން ޒަމާނީ ގޮތްތައް ވެސް ތަރައްގީކުރަމުންނެވެ.

އާންމުކޮށް ދޭ ކީމޯތެރަޕީގެ ސަބަބުން ބޮލުން އިސްތަށި ފޭބުމާއި، މޭނުބައިކުރުމާއި، ގަދައަށް ވަރުބަލިވުމުގެ އިތުރުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތައް ހަލާކުވެ ބޮޑެތި ވޭންތަކެއް ތަހައްމަލުކުރަން ޖެހެއެވެ. ނަމަވެސް ޖަޕާނުގެ ސައިންސްވެރިން ހޯދި މި އައު ފަރުވާ އިންސާނުންގެ ކްލިނިކަލް ޓްރަޔަލްތަކަށް ފަހު ތައާރަފްކުރެވިއްޖެނަމަ، މިއީ އެއްވެސް ވޭނަކާ ނުލައި ކެންސަރު ބައްޔަށް ފަރުވާ ދެވޭނެ އިންގިލާބީ ބަދަލަކަށް ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި
20261025_120539
އީރާނާ ދެކޮޅަށް ޓްރަމްޕު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ އަނެއް 'ނިމުމެއްނެތް ހަނގުރާމަ': ސެނެޓަރު ކްރިސް ވަން ހޮލެން
download - 2026-10-25T194343
ވަޓްސްއެޕުން ސްކޭމް ޖައްސައިގެން 32،000 ރުފިޔާ ފޭރުނު ތިން މީހަކު ބަންދުކޮށްފި
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި