Sunday, 25 October 2026
Ads by

”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވުން ----

”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ޖުމްލަ 4،404 އުފެއްދުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުވައިދެއްވައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒަކީ މިއަދުން ފެށިގެން ކުރިއަށް އޮތް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، 9 ދުވަހުގެ މުއްދަތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރާތެކެވެ. މިއަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއިރު، 419 ފަރާތަކުން ވަނީ އުފެއްދުންތައް ހުށަހަޅާފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

Ad Image
Ads by

މި މައުރަޒުގައި އަމިއްލަ ފަރުދުންނާއި މަސައްކަތްތެރިންގެ އިތުރުން ވިޔަފާރިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތައުލީމީ މަރުކަޒުތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއަކަށް ބަހާލައިގެން ކުރިއަށްދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހުށަހަޅާފައިވަނީ ސަގާފީ އަތްތެރި މަސައްކަތުގެ ދާއިރާއިން (1،695 އުފެއްދުން) އަދި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން (920 އުފެއްދުން) ނެވެ. މީގެއިތުރުން ކާބޯތަކެތި، ފެޝަން، އައިސީޓީ، އަދަބިއްޔާތު، މަސްވެރިކަން އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުންވެސް ގިނަ އުފެއްދުންތަކެއް ވަނީ ބައިވެރިކޮށްފައެވެ.

މުޅި މައުރަޒުން ޖުމްލަ 298 އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު، 134 ބައިވެރިއަކު ވަނީ ތަފާތު ވަނަތައް ހާސިލުކޮށްފައެވެ. މީގެތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ 14 ބައިވެރިއަކު 76 އެވޯޑު ހޯދިކަން ހިމެނެއެވެ. ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް މާކެޓުގައި އައު ފުރުސަތުތައް ހޯދައިދީ، ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރަކަށް ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައިފި
20261025_120539
އީރާނާ ދެކޮޅަށް ޓްރަމްޕު ކުރަމުންދާ ހަނގުރާމައަކީ އެމެރިކާގެ އަނެއް 'ނިމުމެއްނެތް ހަނގުރާމަ': ސެނެޓަރު ކްރިސް ވަން ހޮލެން
download - 2026-10-25T194343
ވަޓްސްއެޕުން ސްކޭމް ޖައްސައިގެން 32،000 ރުފިޔާ ފޭރުނު ތިން މީހަކު ބަންދުކޮށްފި
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި