Sunday, 25 October 2026
Ads by

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ 46 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، ހާއްސަ ބަހުސް މުބާރާތެއް ބޭއްވުމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މަސްވެރިކަމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ”މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން“ މި މައުލޫއުގެ ދަށުންނެވެ. މި ބަހުސްގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކެޑެމީތަކާއި، ކްލަބް ޖަމިއްޔާތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަށް ޓީމުތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ޓީމުތަކަށް ބައިވެރިވެވޭނެއެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ޓީމެއްގައި އަސާސީ 3 ބައިވެރިން ހިމެނެންޖެހެއެވެ. އަދި ބޭނުންނަމަ ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނުމުގެ އިހުތިޔާރު އޮންނާނެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އުމުރުން 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތް ނިމުމުން، އެންމެ މޮޅު 3 ޓީމާއި އެންމެ މޮޅު 3 ބަހުސްކުރުންތެރިން ހޮވުމަށް ވަނީ ކަނޑައަޅާފައެވެ

މި ބަހުސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރަން އެދޭ ޓީމުތަކުން އަންނަ މަހުގެ 5 ވާ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެކަމަށް ހާއްސަ ފޯމު ފުރިހަމަކުރުމަށްފަހު ވުޒާރާއަށް ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9453
ވޭތުވެދިޔަ ހަފްތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް
IMG_9454
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި 9 އިމާރާތަކަށް ގެއްލުންވެއްޖެ
funadhoo petorol
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ރޯވެއްޖެ
20261025_055328
މައްކާއާއި މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލައިފި، ޖިއްދާއާއި ޠާއިފަށް މިސައިލްގެ ބައިތައް ވެއްޓިއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި