Sunday, 25 October 2026
Ads by

ސިޓީ ކައުންސިލުގެ ޤުރުއާނާއި މަދަޙަ މުބާރާތަށް ކުރިމަތިލާން ހުޅުވާލައިފި

ސިޓީ ކައުންސިލުގެ ޤުރުއާނާއި މަދަޙަ މުބާރާތަށް ކުރިމަތިލާން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި މުބާރާތުގެ ތެރެއިން ---

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި ދެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ.

Ad Image
Ads by

މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ކީރިތި ޤުރުއާން މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔެވުމުގެ ގޮފީގެ އިތުރުން ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. މި މުބާރާތްތަކުގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާތަކުން ބައިވެރިވެވޭނެއެވެ. މީގެ ތެރެއިން ޖޫނިއަރ ގްރޫޕުގައި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭއިރު، ސީނިއަރ ގްރޫޕުގައި ހިމެނެނީ 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމާއި މަދަޙަ ކިޔުން އިންސާފުނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެ އުމުރުފުރާގެ ދަރިވަރުންނަށް ޚަތިމުން ބޭނުން ކޮންމެ ތަނަކުން 5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ މިންވަރެއް ކިޔެވޭނެއެވެ. އަދި ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް އުމުރުފުރާގެ އެއް ގޮފީގައެވެ.

މި މުބާރާތްތަކުން ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤުރުއާން މުބާރާތުގެ ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނައަށް 50،000 ރުފިޔާ، 2 ވަނައަށް 25،000 ރުފިޔާ އަދި 3 ވަނައަށް 15،000 ރުފިޔާ ޓްރޮފީއާއި ސެޓްފިކެޓާއެކު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 4 ވަނައަށް 7،000 ރުފިޔާ އަދި 5 ވަނައަށް 5،000 ރުފިޔާ ޕްލާކާއި ސެޓްފިކެޓާއެކު ދިނުމަށް ނިންމާފައިވާއިރު، މަދަޙަ މުބާރާތުގެ މުޅި މުބާރާތުން 1 ވަނައިން 5 ވަނައަށް ހޮވޭ ފަރާތްތަކަށް ވެސް ކަނޑައަޅާފައިވަނީ ހަމަ މި އަދަދުތަކުގެ ފައިސާގެ އިނާމުތަކެވެ.

ވަކިވަކި އުމުރުފުރާތަކުން 1 ވަނައަށް 10،000 ރުފިޔާ، 2 ވަނައަށް 7،000 ރުފިޔާ، 3 ވަނައަށް 5،000 ރުފިޔާ، 4 ވަނައަށް 3،000 ރުފިޔާ އަދި 5 ވަނައަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖޫނިއަރާއި ސީނިއަރ ގްރޫޕުން 1 ވަނައަށް އަންނަ ފަރާތްތަކަށް 15،000 ރުފިޔާ، 2 ވަނައަށް 10،000 ރުފިޔާ، 3 ވަނައަށް 7،000 ރުފިޔާ، 4 ވަނައަށް 5،000 ރުފިޔާ އަދި 5 ވަނައަށް 3،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުން މާލޭ ސިޓީ ކައުންސިލްގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. އަދި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ސިޓީ ކައުންސިލްގެ ކޯލް ސެންޓަރު ނަންބަރު 1622 އަށް ގުޅުމަށް ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9453
ވޭތުވެދިޔަ ހަފްތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް
IMG_9454
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި 9 އިމާރާތަކަށް ގެއްލުންވެއްޖެ
funadhoo petorol
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ރޯވެއްޖެ
20261025_055328
މައްކާއާއި މަދީނާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލައިފި، ޖިއްދާއާއި ޠާއިފަށް މިސައިލްގެ ބައިތައް ވެއްޓިއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި